ޚަބަރު ސަރުކާރު

އަމާޒަކީ 2025 ވަަނަ އަހަރު ނިމޭއިރު ރާއްޖޭން ޓީބީ ނައްތާލުން: ހެލްތު މިނިސްޓަރ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަމާޒަކީ 2025ވަނަ އަހަރު ނިމޭއިރު ރާއްޖެއިން ޓީބީ ނައްތައިލުންކަމަށް މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ޓީ.ބީ ބައްޔާ ގުޅޭ މަތީފަންތީގެ މަޝްވަރާ ބައްދަލުވުމުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ދިވެހިރާއްޖެއިން ޓީ.ބީ ނައްތައިލުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ދިވެހިރާއްޖޭގައި ޓީ.ބީ ޖެހޭ މިންވަރު މަދު ކަމަށެވެ. އަދި 2025ވަނަ އަހަރު ނިމޭއިރު ދިވެހިރާއްޖެއިން ޓީ.ބީ ނައްތާލުމަށް އަމާޒު ހިފައި މަސައްކަތް ކުރިއަށްދާ ކަމަށާއި ޓީ.ބީ ދެނެގަތުމަށް ހަރުދަނާ މަސައްކަތްތަކެއް ރާއްޖޭގައި ފަށައިފައިވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ޓީ.ބީ ބައްޔާ ގުޅޭ މަތީފަންތީގެ މަޝްވަރާ ބައްދަލުވުމުގައި މި ސަރަޙައްދުގެ ޤައުމުތަކުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި، ޚާއްޞަ މަންދޫބުންނާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މި ސަރަޙައްދުން ޓީ.ބީ ނައްތައިލުމާއި، ޓީ.ބީއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް ޞިއްޙަތާ ބެހޭ ވަޒީރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރުމަށް އެއްބަސްވާ ލިޔުމެއްގައި މިބައްދަލު ވުމުގެ ބައިވެރިން ވަނީ ސޮއިކުރައްވައިފައެވެ.

Ads by Ooredoo
  1. މާތްﷲ އިރާދުކުރެއްވިއްޔާ 2025ގައި މަނިކުފާނު ވެލިފަރިއްކުޅުވާނެ އާމީން