ޚަބަރު ރައްޔިތުންގެ މަޖިލިސް

ޗައިނާ ދަރަނިން ބައެއް ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކަށް ޚަރަދުކުރަން އެދެނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ރާއްޖެއިން ދައްކަންޖެހޭ ފައިސާއިން ބައެއް، ތިމާވެށީގެ މައްސަލަތަކަށް ހަރަދުކުރަން، ދިވެހި ސަރުކާރުން އެދޭނެކަމަށް ގަބޫލު ކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި، ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ވާހަކައާ ގުޅުވައިގެންނެވެ. އެގޮތުން ވ. ފެލިދޫ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މެމްބަރު އާޒިމް ވިދާޅުވީ ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ވައިގެ ތެރެއަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ކަމަށާއި އެންމެ ގިނަ އަދަދަކަށް ވިހަ ގޭސް ދޫކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭ ކަމަށެވެ. ރާއްޖެއިން ޗައިނާއަށް އާދަޔާ ހިލާފު ބޮޑު އަދަދަކުން ދަރައިފައިވާ ކަމަށާއި މަހެއްގެ މައްޗަށް 30 މިލިއަން ޑޮލަރު ޗައިނާއަށް ދަރަނި އަދާކުރުމުގެ ގޮތުން ދައްކަން ޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު މި ފުރުސަތުގައި އެބަ ގޮވާލަން، އާދެ އެންވަޔަރަންމެންޓް ކޮމިޓީން ވެސް މިކަމާ ދޭތެރޭ ވިސްނާލުން ރަނގަޅު ކަންނޭނގެ އަޅުގަނޑުމެން މި ދަރައިފައިވާ ދަރަނި ދެއްކުމުގެ ބަދަލުގައި ހަގީގަތުގައި މިކަހަލަ ކަންތައްތަކަށް އެހީތެރިވުމަށް ޗައިނާއިން އެ ކަނޑާލަދިނުން ނުވަތަ އޭގެން ކޮންމެ ވެސް ޕަސެންޓެއް އަޅުގަނޑުމެންގެ ތިމާވެށީގެ ކަންކަމަށް އެހީތެރިވުމަށް ޓަކައި އެ ސަރުކާރުން ދޭނެ ގޮތަކަށް ވާހަކަ ދައްކައިގެން ސަރުކާރުން ވެސް މިކަމާ ވިސްނައި ޗައިނާ ސަރުކާރުގައި މިކަމަށް އެދުމަށް.." އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ މިވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވައި މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ އާޒިމް އެ ފާހަގަކުރެއްވީ ދަރަނި ބަދަލުކުރުން ނުވަތަ ޑެޓް ސްވެޕްގެ ވާހަކަ ކަމަށެވެ. އަދި ތިމާވެއްޓަށް ނާޒުކު ގައުމުތަކުން މިވަނީ އެހެން ގައުމުތަކަށް ބޮޑެތި އަދަދުތަކުން ދަރަނިވެރިވެފައި ކަމަށާއި އެ ދަރަނި އަދާކުރުމަށް ބަޖެޓުގެ ވިހި އިންސައްތަ ދައްކަން ޖެހިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ވެސް ބަޖެޓުގެ 30 އިންސައްތަ ހޭދަކުރަން ޖެހިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. މި ދެ މައްސަލައަކީ ވެސް ގިނަ ގައުމުތަކަށް އުފުލަން ޖެހިފައިވާ ބޮޑު ބުރައެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދަރަނި އަދާކުރުމުގެ ބަދަލުގައި އެ މިންވަރުގެ ތެރެއިން ކޮންމެ ވެސް މިންވަރެއް އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމުން ސަލާމަތްވުމަށް ހިންގާ މަޝްރޫއުތަކަށް ހަރަދުކުރެވޭ ފައިސާކަމުގައި ކަނޑައަޅައިދިނުމަށް އަޅުގަނޑުމެން ގައުމުތަކުގައި ބުނުން އެއީ މި ކޮޕްގަ އަޅުގަނޑު ހިތުން ދިވެހިރާއްޖެ ވެސް ވަކާލާތުކުރާނެ މަގެއް" މިމަހު 31ގައި ސްކޮޓްލޭންޑުގެ ގްލާސްގްލޯގައި ފެށޭ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެނގިވަޑައިގެންފައި އޮތް ގޮތުގައި ދިވެހި ސަރުކާރުން މި މައްސަލައިގައި މިފަހަރު ވަކާލާތު ކުރައްވާނެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ކޮޕް ސައްބީހުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް ނަޝީދު ވަޑައިގަންނަވަނީ ދުނިޔޭގެ ތިމާވެށީގެ އެމްބެސެޑަރެއްގެ ގޮތުގައެވެ.

  1. އަންނިއަށްތިކުރާބޭކާރުު ޚަރަދައްވުރެެ މާރަގަޅުު ފެންް ކަރަންޓްް ކުނިއުކުމަށްް ހޭދަކޮށްދިނަސްް

  2. ޖާނޭ

    މިބޭބެ ގަނޑަށް ކިޔޭ ނުކިޔޭ އެއްޗެއް އެބައެގޭބާ؟ ދަރަންޏެއް ނަގާފައި ދައްކަން އޮންނަ އެއްޗަކުން ތިމާވެއްޓަށް ޚަރަދު ކުރަން އެދޭނެ ގޮތެއް ނޯންނާނެ ނޫނަތޯ؟ އެހެން ކަމަށް ވާނަމަ ތިޔަ ވިދާޅުވާ ލޯނަކީ ނަގާފައި އޮތް އެއްސެއް ނޫން. ތިޔައި މޯދީ ރުއްސަން ހަދާ ބޮޑެތި ފޫނުބެދޭ ބޮޑއތި ދޮގު. ދޮގު ހަދަންވެސް ނޭގޭ ބޭބެ ގަނޑއް މިއީ.

  3. ވައްޑު

    ޢިންޑިޔާގެ ދަރަނި ކިހިނެއްތޯ ހައްދަވަނީ