ފޭސްބުކް ބަދަލުވީ "މެޓާ"އަށް

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ މީސް މީޑިއާގެ އެއް މަންސަކަމުގައިވާ "ފޭސްބުކް"ގެ ބަލަދުވެރި ކުންފުނީގެ ނަމަކަށް "މެޓާ" ކިޔަން ނިންމައިފިއެވެ.
އެ ކުންފުނީގެ ކަނެކްޓްގެ ފަރާތުން އިއްޔެ ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ފޭސްބުކްގެ ސީއީއޯ މާކް ޒޫކަބާގް ބުނީ އެ ކުންފުންޏަކީ ތަރައްޤީއާ އެކު އެކަކު އަނެކަކާ ގުޅައިދޭން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ ހަގީގަތުގައި ކޮންބައެއް ކަމާއި ކީއްކުރާ ބައެއްކަން އިތުރަށް ދައްކައި ދިނުމަށް ޓަކައި ފޭސްބުކްގެ ނަން ބަދަލުކުރަން ނިންމައިފައިވާ ކަމަށެވެ.
މާކް ބުނީ "ފޭސްބުކް" އެ ނަމުން އެ ކުންފުނިން ކުރާ މަސައްކަތް ހަގީގަތުގައި ނުދެއްކޭ ކަމަށާއި އޭރުން ފެންނަނީ ހަމައެކަނި އެންމެ ޕްރޮޑަކްޓެއް ކަމަށެވެ. ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރި ނަމަވެސް، އެކުންފުނީގެ މަޝްހޫރު އެޕްލިކޭޝަންކަމަށްވާ ފޭސްބުކްގެ ނަމަކަށް ބަދަލެއް ނާންނާނެއެވެ.
ފޭސްބުކް ރީ ބްރޭންޑް ކުރުމަށް މިމަހުގެ 19ވަނަ ދުވަހު ބޭއްވި ހަފްލާގައި ވެސް މާކް ބުނެފައި ވަނީ، ރީ ބްރޭންޑްކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ އެ ކުންފުންޏަކީ ހަމައެކަނި މީސް މީޑިއާ ކުންފުންޏެއްގެ ގޮތުގައި މީހުންނަށް ފާހަގަ ވެފައިވާތީ އެކަން ބަދަލު ކުރުމަށް ކަމަށެވެ.