މޫސުން ތަން ނުދޭތީ އިދިކޮޅުގެ "ޤައުމީ ބޮޑު ހިނގާލުން" ފަސްކޮށްފި

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އިސްނަގައިގެން "ޤައުމީ ބޮޑު ހިނގާލުން" ނަމުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ސުލްހަވެރި ހިނގާލުން މޫސުން ތަން ނުދޭތީ ލަސްކޮށްފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި ހިނގާލުން މޫސުން ތަންނުދޭތީ ފަހުގެ ތާރީޚަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ އިވެންޓު ބާއްވާނެ ވަކި ތާރީޚެއް ފަހުން އިއުލާން ކުރެވިގެންދާނެކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީއިން ދަނީ ސިލްސިލާ އެއްވުންތައް އާންމުކޮށް ބާއްވަމުންނެވެ. އިދިކޮޅުން ސިލްސިލާކޮށް ބާއްވަމުންގެންދާ މި ހަރަކާތްތަކަކީ ރާއްޖޭގައި އިންޑިޔާ ސިފައިން ބޭތިއްބުމާ ދެކޮޅަށް ކުރިއަށްގެންދާ އިހުތިޖާޖުތަކެކެވެ.
މި ސިލްސިލާ ހަރަކާތްތައް ކުރިޔަށްގެންދަނީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައެވެ.
ކެންސަލު ކުރީ ފިނޑިކަމުން