ޚަބަރު ސިޔާސީ

ގައުމުގެ ޒުވާން ޖީލު މި ވަނީ މިނިވަންކަމުގައި ހައްދުފަހަނައަޅައިފައި: ނަރީޝް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ:ދަ ޓައިމްސް އޮފް އައްޑޫ

މިއަދު މިގައުމުގެ ޒުވާން ޖީލު މި ވަނީ މިނިވަންކަމުގައި ހައްދުފަހަނަ އަޅައިގޮސްފައިކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންގެ އަގީދާ ބަލިކަށި ވެފައިވާ ކަމަށާއި ގައުމީ ރޫހު ވެސް ނެތި ހިނގައްޖެ ކަމަށެވެ.

"މިއަދު މި ގައުމުގެ ޒުވާން ޖީލު މި ވަނީ މިނިވަންކަމުގައި ހައްދުފަހަނަ އަޅައިފި! ދީނަކާއި ދީނެއް! ދިވެހިންގެ އަޤީދާ ބަލިކަށިވެއްޖެ! ދިވެހިންގެ ސަޤާފަތް ތާރީޙާ މޮޑެވި ފަސްދާނުލެވިއްޖެ! ޤައުމީ ރޫޙު ނެތި ހިނގައްޖެ! ސިޔާސީ ކޯޅުމުގައި ޤައުމު ފަނާވަނީ!" ނަރީޝް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވިއެވެ.

އިތުރު ޓްވީޓެއްގައި ނަރީޝް އިތުރަށް ވިދާޅުވީ ފިތުނައާއި ހަސަދަ، ރުޅިވެރިކަމާއި ބައިބައިވުން، އީމާންތެރިކަމުގެ ޒައްރެއް ނެތި ފާހިޝް ކަންކަމާއި ނޭއްގާނީ އަމަލުތަކުގައި ދިވެހި ޒުވާނުން މަސްޢޫލުވެ ނެތިގެންދާ ކަމަށެވެ.

ނަރީޝް މިހެން ވިދާޅުވެފައި މިވަނީ ތަކުރާރުކޮށް މިސްކިތަށް ކުޑަކަމުދިޔަ މީހަކާ މެދު ފިޔަވަޅު ނާޅާތީ ސަރުކާރަށް ދީނީ އިލްމުވެރިންނާއި އާއްމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުން ލާދީނީ ކަންކަމަށް ހިތްވަރުދޭ ކަމަށާއި ދީނާއި ހިލާފް އަމަލުތައް ކުރަމުންދާ މީހުންނަށް ހިމާޔަތްދީ ރާއްޖެއިން އިސްލާމް ދީން ފޮހެލަން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން އަބަދުވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

Ads by Allied Insurance
  1. ޖާނޭ

    ހަމަ ރަގަޅުވާހަކައެއް އެއީ. އެއީ މިހާރު އެބަފެނޭ ކުރިން ދުވަހަކުވެސް ނުފެންނަ އެތައް ބަޔަކު ކަމުގައިވާ އެމް.ޑީ.އެން. ނައިފަރު އުފާ، ޚަތިމަށް ކުޅުޖެހުމާއި މިސްކިތަށް ޤަޟާ ހާޖާ ކުރާ މީހުނާއި ދީން ދަސްވާންދެން ބަރހަނާގައި އުޅުމާއި، މާފުށީ ގެސްޓް ހައުސްތަކުން އިންތިޟާމް ކޮށްގެން އެހެން ދީންތަކުގެ މުޤައްދަސް ދުވަސްތައް ފާހަގަ ކުރުމާއި، ވެލެޒިނީ ފަދަ މީހުން ދީނާ ޚިލާފު ކަންކަން ކުރާ މީހުން. އެމީހުނަށް ޙިމާޔަތް ލިބޭ. ހާޑީންހަމް ހުރީ ރައީސްގެ މުޝީރަކަށް، އެމް.ޑީ.އެން ގެ އިސް މުވައްސިސުން ތިބީ ދައުލަތުގެ އެންމެ އިސް މަޤާމުތަކުގައި. ފަސްޓް ލޭޑީ އަކީ އެކަމަސް ހިތްވަރުދޭ މީހެއް. ސޯލިހްގެ ޅިޔަނަކީ ދީން ދަންނަ މީހެއް ނޫން. އިކޮނޮމިކް މިނިސްޓަރ ގެ ބޭބެއިންނާއި ދައްތައިންނަކީ ކަނޑައެޅިގެން އިސްލާމް ދީނަށް ޖަދަލު ކުރާ މީނުން. ދެންވާނީ ކިހިނެއް.