ޚަބަރު އިޖުތިމާޢީ

މިސްކިތަށް ކުޑަކަމުދާ މީހާ ދިފާއު ނުކޮށް ފިޔަވަޅު އެޅުމަށް ޕީޕީއެމުން ގޮވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިސްކިތަށް ތަކުރާރުކޮށް ކުޑަކަމު ގޮސް ޚަތިމަކަށް ކުޅު ޖެހި މީހާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އެމީހާއަށް ޙައްޤު އަދަބު ދިނުމަށް އިދިކޮޅު ޕީޕީއެމުން ގޮވައިލައިފިއެވެ.

Ads by Hajj Corporation

ޕީޕީއެމުންް މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ފިރިހެނަކު މިސްކިތްތަކަށް ކުޑަކަމުގޮސް ޚަތިމަށް ކުޅުޖަހާ ހިންގި ޢަމަލާއި އަދި އެ ޢަމަލު ހިންގި މީހާގެ ޢަމަލުތައް ދިފާޢު ކުރުމަށް ސަރުކާރުގެ ފަރާތުން ދައްކަމުން ގެންދާ ތަފާތު ވާހަކަތަކާއި ބަހަނާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެމީހާއަކީ ނަފްސާނީ ބަލީގެ މީހެއްކަމަށް ބުނި ނަމަވެސް، އެމީހާގެ ނަފްސާނީ އެއްވެސް މައްސަލައެއް ހުރި ކަމަށް ފާހަގަވެފައި ނުވާ ކަމަށް ޖެންޑަރ މިނިސްޓްރީއިން ވަނީ ބުނެފައެވެ." ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފަައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނީ ދީނީ ކަންކަމަށް ހަޖޫ ޖަހައި، ދީނީ ޝިޢާރުތަކާ ދެކޮޅަށް އަޑު އުފުލަމުން ގެންދާ އެންމެހައި ފަރާތްތަކުގެ ހިމާޔަތުގައި މި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށާއި މިސްކިތްތަކަށް ކުޑަކަމުގޮސް ޚަތިމަށް ކުޅު ޖެހި މީހާގެ ދިފާޢުގައި ވެސް ސަރުކާރުން މަސައްކަތް ކުރާކަމީ ވަރަށް ހިތާމަ ހުރި އަދި އެހާމެ ލަދުވެތި ކަމެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ފާހަގަ ކުރާކަމަށެވެ.

އޭނާއަކީ އެއްވެސް ކަހަލަ ބައްޔެއް ހުރި މީހަކަށް ނުވާއިރު އޭނާއަކީ ނަފްސާނީ ބަލި
ހުރި މީހެއްކަމުގައި ދައްކައި މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލައިފައި ހުރި ހުރުން ވެސް އިދިކޮޅު ކޯލިޝަނުން ބަލައި ނުގަންނަ ކަމަށާއި ދީނަށް ފުރައްސާރަކޮށް މާތްﷲގެ ކަލާމްފުޅަށް ކުޅު ޖަހައި ހެދި މީހެއްގެ ދިފާޢުގައި ތަފާތު ވާހަކަތައް ދެއްކުމުގެ ބަދަލުގައި، އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް އެމީހާއަށް ޤާނޫނުތަކުން ކަނޑައަޅައިފައިވާ އަދަބު ދިނުމަށް ސަރުކާރަށް ގޮވައިލާކަމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެއެވެ.

މީގެ ކުރިން އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔުމުން ވެސް ދޫކޮށްލައިފައިވާ ހަސަން ޒިޔާދު، އިއްޔެ މިސްކިތެއް ތެރެއަށް ވަދެ ޚަތިމަކަށް ކުޅު ޖެހުމުން ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ގޮވައިލައި، ފުލުހުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

Ads by Ooredoo
  1. ނޫރުއްލޯ

    ތިީނައަށްޙައްގުއަދަބުދެއްވާ!

  2. ނުރަބޯ

    މީ ލާދީނީ ރީނދޫ އެމްޑީޕީ އިން ރާވައިގެން ހިންގާ ކަމެއް. ބޭނުމަކީ ދީނަށް ފުރައްސާރަ ކޮށް ދީނަށް ބޭޙުރުމަތް ކުރުން ޢާއްމު ކަމަކަށް ހެދުން.