ދުނިޔެ

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިނގިރޭސިވިލާތުގައި ކަންބޮޑުވާ މިންވަރަކަށް އިތުރުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 46،000އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ. މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

Ads by Sosun Fihaara

22 އޮކްޓޯބަރުގައި އެ ޤައުމުން 49،298 މީހަކު ބައްޔަށް ވަނީ ފައްސިވެފައެވެ. މިއީ އޭގެ ފަހުން އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ފާއިތުވި ހަތް ދުވަހުގެ ތެރޭގައި 277،261 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، އިއްޔެ އެކަނި ވެސް ބަލި ޖެހިގެން 199 މީހުން ވަނީ މަރުވެފައެވެ. އިނގިރޭސިވިލާތުގައި ކޮވިޑް-19 މަރެއްގެ ގޮތުގައި ބަލަނީ ކޮވިޑް-19 ޖެހިގެން 28 ދުވަހުގެ ތެރޭގައި މަރުވާ މީހުންނެވެ.

ފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި 1026 މީހުން މަރުވެފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާއަށް ވުރެ 112 މީހުން މަދު އަދަދެކެވެ. އަދި ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދުން 9.8 އިންސައްތައިގެ ދަށްވުމެއް  ވަނީ އައިސްފައެވެ.

ބަލި ޖެހޭ މީހުންގެ އަދަދު އިނގިރޭސިވިލާތުގައި އިތުރުވެފައިވާއިރު، ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން، އިނގިރޭސިވިލާތުގެ އާބާދީގެ 88.1އިންސައްތަ މީހުން ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާއިރު، އާބާދީގެ 80 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އެއީ 46 މިލިޔަން މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!