އިންޑިއާއިން ރާއްޖެ ހިފަން އުޅޭކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގާ ޙަރަކާތުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ނިކަމެތިކަމާ މެދު ކަންބޮޑުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރުދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ސިޔާސީ މަޤުޞަދެއްގައި ސިޔާސީ ވެރިންތަކެއް ކުރުވާ ކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އޭގެ ސަބަބުން ދިމާވާ ބިރުވެރިކަން ބޮޑުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސްކަމެއް ފާހަގަ ނުކުރެވޭކަމަށެވެ. އަދި އެ ގައުމަކީ ޒަމާނުއްސުރެ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކޮވިޑާ ގުޅިގެން ވެސް އިންޑިއާއިން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ސިޔާސީ މަޤްސަދެއް ޙާސިލުކުރުމަށް އިންޑިއާއާ މެދު ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްކުރުމަކީ ކުރަންވާވަރުގެ ކަމެއް ނޫން ކަމަށެވެ.
ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމަށާއި ސިއްރު އެއްބަސްވުންތައް ހާމަކުރުމަށާއި އަދި އިންޑިއާގެ ނުރަނގަޅު ނުފޫޒު ރާއްޖޭގެ ދާހިލީ ކަންކަމަށް ފޯރުވުން ހުއްޓުވަން ގޮވައިލައި އިދިކޮޅުން ދަނީ ގިނަ ހަރަކާތްތައް ބާއްވަމުންނެވެ. މި ހަރަކާތްތައް ފުޅާވެ އެކަން މިހާރު ވަނީ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައިސްފައެވެ. އިންޑިއާއާ ދެކޮޅު ޝިއާރު ފާޅުކުރާ ނަމަ ހިނގާލުންތަކަށް ދެން ފުރުސަތު ނުދޭން މިހާރު ސަރުކާރުން ވަނީ ނިންމައިފައެވެ.
ތިބޭފުޅުންވެސްް ވާހަކަތައްް އިންސާފުވެރިކޮއްް ބައްޓަންކުރާންޖެހޭޭ އިންޑިޔާާ އައުޓެއްނުކިޔާާ ކިޔަނީީ އިންޑިޔާާ މިލިޓަރީއައުޓްް ވަރައްތަފާތުު ދެވާހަކައެއްް އާއްމުރައްޔިތުންނައްް އޮޅުންފިލާގޮތައްް ތެދުވެރިކަމާއިި އިހުލާސްތެރިި ހިތެއްގައިި ވާހަކަަ ދައްކަންޖެހޭޭ އަިނިޔާވެރިި ހީލަތްތެރިި ރޭވުތައްް ނިވާފަތްގަޑަކައްް އެއްވެސްް މީހަކުހަދައިގެންނުވާނެެ ނޫނީީ މާނަނޭގޭކަމައްވަންޏާާ އެވާހަކަދައްކާބަޔަކާާ ވާހަކަދައްކައިގެންް މާނަަ އޮޅުންފިލުވާލަންފެނޭޭ ނޫނީީ ނަފްރަތައްް މަގުފަހިވާގޮތައްް ވާހަކަަ ތިދައްކަނީީ ތީގޯހެއްް ހަމަހަމަކަންް އިސްކުރަންފެނޭ
އަސްލަމް ބުނަންތަ ރަނގަޅު ވާހަކައެއް އެއްވެސްގައުމެއްގެ ސިފައިން މިގައުމުގައި ބައިތިއްބުމާ ދިވެހިން ދެކޮޅު އެކަމަށް ވާންޖެހުނު ކޮއްމެ ގުރުބާނީއެއްވުމަށް ދިވެހިން ތައްޔާރު.
މިހާރަންވުރެންވެސްތަ ރާޖެނިކަމެތިވަނީ އެއީހުސް ދަޅަ މޑޕ.ގެއެދުމަށް އިންޑިޔާއެއޮތީ ރާޖެ ވށާލާފަ ބޯވާއެތްހެން
ދިވެހިންނަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބޭނީ މިކަހަލަ ޚާއިނުންގެ ފަރާތުން. މިކަމަށް ތާރީޚު ހެކިދޭ.
އިންޑިޔަާ ސިފައިން ބައިތިއްބާކަށް ނުޖެހޭނެ..