ޚަބަރު ސަރުކާރު

ޖޫރިމަނާކޮށްފައި، އެއީ އާއްމުދަނީއޭ ބުނަން ލަދު ގަންނަން ޖެހޭ: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ޖޫރިމަނާއިން ލިބޭ ފައިސާއަކީ ދައުލަތަށް ލިބޭ އާއްމުދަނީއެއްގެ ގޮތުގައި ކަނޑައެޅުމަކީ ލަދުގަންނަން ޖެހޭ ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ދެ އަހަރަށް ފަހު ސަޕޯޓަރުންނާ އެކު ކާނިވަލް ސަރަަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ވިދާޅުވީ، ވިޔަފާރިކޮށްގެންނާއި އިންވެސްޓްކޮށްގެން ފައިސާ ހޯދެން އޮއްވާ، ޖޫރިމަނާކޮށްގެން އާއްމުދަނީ ހޯދައިފައި ފަޚްރުވެރިކަމާ އެކު އެ ވާހަކަ ދައްކަނީ، ލަދުގެ ކަންފުޅެއް ވެސް ނެތީ ކަމަށެވެ.

"އަޅުގަނޑަށް ކަމު ނުދާ ސަބަބަކީ، ސަރުކާރުން ފަޚުރުވެރިކަމާ އެކީ، ސަރުކާރުން ހޯދާ އާއްމުދަނީއެއްގެ ގޮތުގައި މީތި [ޖޫރިމަނާ] ލިސްޓް ކުރާތީ" ރައީސް ޔާމީން ވިދާޅުވިއެވެ.

"ކޮވިޑް-19ގައި މާސްކް ނާޅާ އުޅޭ މީހުން ޖޫރިމަނާ ކުރަނީ. ޖޫރިމަނާކޮށްފައި ބުނާނެ، މި މަހު ލިބިއްޖޭ މިހާ ފައިސާ. އަހަރު ލިބިއްޖޭ، 120 މިލިޔަން ރުފިޔާ. މާއްކަލާއްކޯ، ލަދުގެ ކަންފުޅެއް ވެސް ނެތީމަ ދެއްތޯ މިކަހަލަ ކަންކަމުގައި ޖޫރިމަނާކޮށްފައި މިއީ އާއްމުދަނީ އޭ ބުނަނީ"

ޕާކް ކުރާނެ ތަނެއް ނުދައްކައި ސްޓިކަރު ނުޖަހާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހް ވެވަޑައިގެންނެވި ވައުދާ ގުޅޭ ގޮތުން ވެސް ރައީސް ޔާމީން ވާހަކަފުޅު ދެއްކެވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރަކީ، ޕާކު ކުރާއިރު، ޤަވާއިދާ ޚިލާފަށް ޕާކު ކުރާތީ ސްޓިކަރު ޖަހައިގެން ފައިސާ ހޯދާ ސަރުކާރެކޭ. ތިމަންނަ އެކަމެއް ނުކުރާނަމޭ. ރައްޔިތުންނަށް ޕާކު ކުރާނެ ތަންތައް ދައްކައިފައި ނޫނީ ސްޓިކަރެއް ނުޖަހާނަމޭ" ރައީސް ޔާމީން ވަނީ މިހާރު ޕާކް ކުރާނެ ޖާގަ ހަދައިދީފައިވޭތޯ ސުވާލު ކުރައްވައިފައެވެ.

"ޕާކިން ސްޕޭސް ދައްކައި ނިމުނީތޯ ޖޫރިމަނާ މިކުރަނީ. ޖޫރިމަނާކުރާ އިރު، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު އަދަދެއް މި ނަގަނީ ޖޫރިމަނާއިން. އެހެންކަމުން ދައްކާ ވާހަކަ ދެކޮޅެއް ނުޖެއްސޭ ދެއްތޯ؟" ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖޫރިމަނާގެ ގޮތުގައި 162.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަންނަ އަހަރު ވެސް ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ބަޖެޓްގައި ލަފާކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިޤްތިޞާދީ މައްސަލައެއްގެ ގޮތުގައި، ކުންފުނިތައް ހިންގަން ބޭރުގެ ފަރާތްތަކަށް ދޭ ދިނުން ފާހަގަކޮށް، ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ކުންފުނިތަކުގައި ބޭރުގެ ބޮޑުން ތިބުން އާއްމު ކަމަކަށް ހަދަން ކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރަނީ ޤާބިލު ދިވެހިން ނެތިގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ގައުމުގައި ކުންފުންޏެއް ނެތް ދިވެއްސަކަށް މެނޭޖިން ޑިރެކްޓަރުކަން ކުރެވޭ. އެއާޕޯޓު ކުންފުންޏެއް ވިޔަސް އެހެން ކުންފުންޏަކަށް ވިޔަސް ނުކުރެވޭ. އެކަމަކު އެއީ ގަބޫލު ނުކުރައްވާތި އެއީ އަޅުގަނޑުމެންގެ ތެރޭގައި ގާބިލު މީހުން ނެތިގެންނޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

Ads by Allied Insurance
  1. ށަވިޔަނި

    ސާބަހޭ ސާބަހޭ. ރައީސްޔާމީނު