ސިޔާސީ

"އިންޑިއާ އައުޓް" ކެންޕެއިން އަތޮޅު ތެރޭގައި ވަރުގަދަ ކުރަން މަޝްވަރާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެންޕެއިން އަތޮޅު ތެރޭގައި ވަރުގަދަ ކުރަން ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސްއިން މަޝްވަރާކޮށްފިއެވެ.

Ads by STELCO

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިވަގުތު މާލޭގައި ތިއްބެވި ކައުންސިލަރުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި، ބައެއް ރަށްރަށުގެ އިސް ބޭފުޅުންނާ ރައީސް ޔާމީން މިރޭ ބައްދަލުކުރައްވައިފައިވާ ކަމަށެވެ. 

‎މި ބައްދަލުވުމުގައި ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ރައީސް ޔާމީން އެ ބޭފުޅުންނާ  މަޝްވަރާ ކުރައްވައިފައިވާ ކަމަށާއި އެ ގޮތުން އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ  އެންމެ  އިސްކަންދެއްވާ ކަންތައް ކަމުގައި ވިދާޅުވި ކަމަށް ހީނާ ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމަށް މީޑިއާއަށް ދައުވަތު ދީފައެއް ނުވެއެވެ.

"އިންޑިއާ އައުޓް" ކެންޕެއިނަކީ 'ބޮޓުން' ކޮޅެއް ރާއްޖޭގައި ހިންގާ ކެންޕެއިނެއްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެފައި ވަނިކޮށް، ރައީސް ޔާމީން ވަނީ އެކަމަކީ ސީދާ ޕީޕީއެމްއިން އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން ހިންގާ ކެންޕެއިނެއްކަަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!