ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ "ކޮތަރުކޮށި"، ބޮޑު ޖަލްސާ ހުކުރު ދުވަހުގެރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވުމަށް ޕީޕީއެމްއިން ނިންމައިފިއެވެ.
ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ މިޖަލްސާ އޮންނާނީ ޑިސެމްބަރު 10ވާ ހުކުރު ދުވަހުގެރޭ 08:30ގައި ހިޔާ ފްލެޓުގެ "ހިޔާ ޕާކް" ސަރަޙައްދުގައި ކަމަށެވެ.
މި ޖަލްސާގައި ރައީސް ޔާމީން ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
މިޖަލްސާގައި ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާ މިލިޓަރީ ސިފައިން ބޭލުމަށް ސޮއިކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ.
މިއީ ރައީސް ޔާމީންއަށް އިއްވި ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށް ފަހު ބާއްވަ މި ފަދަ ބޮޑު ދެވަނަ ޖަލްސާއެވެ.
ކުރިޔަށް ދިވެހީ ޤައުމު ކުރިޔަށް ރައީސް ޔާމީން
ޝުކުރިއްޔާ ރައީސް ޔާމީން ތިޔަވަރުގެ ލީޑަރަކު ހަމަގައިމުވެސް މިހާރަކު ރާއްޖެއަކުނެތް. ތިޔައީ ހަމަ މުތެއް ގޮނޑަށް އެއްލާލާފައިއޮތަސް މުތެއްހަމަވާނީ މުތަކަށް. ތިޔައީ ތަރައްގީގެ ބާނީ އިސްލާމްދީން ހިމާޔަތް ކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށްދޭ ބާނީ. ތިޔައީ ޒުވާނުންގެ ރައީސް މުސްކުޅިންގެ ރައީސް ކުޑަކުދިންގެ ރައީސް އަންހެނުންނާ ފިރިހެނުންގެ ރައީސް ނުކުޅެދޭ ކުދިންނާ މީހުންގެ ރައީސް ދިވެހި ރައްޔިތުންގެ ކުޅަދާނަ ހިއްވަރުގަދަ ލީޑަރ ސާބަހޭ ރައީސް ޔާމީން.