ތިމަރަފުށީ އަންހެނަކު ދީނަށް ފުރައްސާރަކުރަނީ!

ތ.ތިމަރަފުށީ އަންހެނަކު ، ﷲގެ ޒާތަށް ބަދުބަސް ބުނެ މުރުތައްދުވާ ފަދަ ވާހަކަތަކެއް ދައްކާ ވީޑިއޯއެއް އާންމުވަމުން އެބަދެއެވެ.
އާންމުވަމުންދާ ވީޑިއޯގައި ފެންނަނީ ތިމަރަފުށީ އާމިނަތު ޝަހުދާ ކިޔާ މީހަކު ވަރަށް ރުޅި އައިސް އެއްޗިހި ކިޔާ މަންޒަރެވެ. އޭނާ ވަނީ ﷲއާ މުޚާތަބުކޮށް ވެސް ވަރަށް ހަޑިހުތުރު ބަސްތައް ބޭނުންކޮށްފައެވެ.
ރޭ ވެސް އޭނާ ވަނީ ސައިކަލަކަށާއި ވޭނަކަށާއި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ރިޔާޒްގެ ގެސްޓްހައުސްއަށް ވެސް ގެއްލުންދީފައެވެ. މި މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށް ތިމަރަފުށީ ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.
މީގެ ކުރީން ވެސް އޭނާ ވަނީ ދީނަށް ފުރައްސާރަކޮށް އެތައް ވާހަކައެއް ދައްކައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހުދާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. މީގެ ހަފްތާއެއްހައި ދުވަސްކުރީން އޭނާ ވަނީ ތިމަރަފުށީގައި ހުންނަ "ފާއިޒާ ރެސްޓޯރެންޓަށް"ވެސް ގެއްލުންދީފައެވެ.
ތިމަރަފުށިން "ދެން"އާ ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ޝަހުދާގެ ޢަމަލުތަކުގެ ސަބަބުން މުޖުތަމަޢަށް ބިރުވެރިކަން ފެތުރިފައިވާ ކަމަށާއި މީގެ އިތުރުން ދީނަށް ފުރައްސާރަކޮށް އެފަދަ ލަދު ޙަޔާތް ކުޑަ ޢަމަލުތައް ހިންގަމުންދާ އިރު ވެސް މިނިވަންކަމާ އެކު އޭނާ އުޅޭކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.







ކޮމެންޓް