ޚަބަރު ސިޔާސީ

ސިޔާސީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ނަޒާކީ ޒަކީ ޕީޕީއެމްއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައި ކުރިން ހުންނެވި މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އިދިކޮޅު ޕީޕީއެމްއާ މިރޭ ގުޅިވަޑައިގެންފިއެވެ.

Ads by Hajj Corporation

މީގެ ކުރިން އެމްޕީއެލްގެ ޗެއާމަންކަން ކުރެއްވި ނަޒާކީ ޒަކީ ޕީޕީއެމްއަށް ސޮއި ކުރެއްވީ މިރޭ އެ ޕާޓީ އޮފީހުގައި ކުރިއަށް ދިޔަ ޖަލްސާއެއްގައެވެ.

ނަޒާކީ ޒަކީ ޕީޕީއެމްއަށް ސޮއި ކުރެއްވި ފޯމާއި ހަވާލުވެ ވަޑައިގެންނެވީ ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

ނަޒާކީ ޒަކީއަކީ ރާއްޖޭގެ ސިޔާސީ ދާއިރާއަށާއި ޚާރިޖީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެއިން މެލޭޝިއާއަށް ކަނޑައެޅުއްވި ސަފީރު ކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.

މީގެއިތުރުން ނަޒާކީ ޒަކީއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގި "ސަންދާނު" ނޫހުގެ އެންމެ އިސް މޭސްތެރިޔާ ވެސް މެއެވެ. އެ ނޫހަކީ އެއިރު ސަރުކާރާ ދެކޮޅަށް ވަރަށް ގިނަ އަދަދެއްގެ ލިޔުންތައް ލިޔެ އީމެއިލް މެދުވެރިކޮށް މުޅި ރާއްޖެއަށް ލިޔުންތައް ފޮނުވި ނޫހެކެވެ. ޒަކީއަކީ އެމްޑީޕީގެ ވެސް ފައުންޑިން މެމްބަރެކެވެ.

Ads by HDC
  1. ޒަމީ

    މަރުޙަބާ ޒަކީބޭ މުސްތަޤްބަލަށްޓަކާ ތިޔައެޅުވީ ރަނގަޅު ފިޔަވަޅެއް