ޚަބަރު

އައްޑޫގެ މިސްކިތަކަށް މީހަކު ބޮޑުކަމު ގޮސްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އައްޑޫގެ މިސްކިތަކަށް ބޮޑު ކަމު ގޮސްފައި.. ފޮޓޯ: އަވަސް

އައްޑޫ ސިޓީގެ މިސްކިތަކަށް މީހަކު ބޮޑުކަމު ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Sosun Fihaara

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގައިފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި އައްޑޫ ފޭދޫގެ މިސްކިތުގައެވެ. އިތުރު މިސްކަތެއްގައި ހުރި ޚަތިމްތަކެއް ބިންމައްޗަށް އުކައިލައިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ބޮޑުކަމު ގޮސްފައި ވަނީ، މިސްކިތުގައި އިމާމް މީހާ ނަމާދު ކުރާ ތަނަށެވެ. ބޮޑުކަމު ދިއުމަށް ފަހު، އޭގެ މަަތީގައި ވަނީ މުޞައްލަ އަޅައިފައެވެ.

މީގެ ކުރިން އިސްލާމީ މަރުކަޒަށް ކުޑަކަމު ދިޔަ މީހަކު ވަނީ އެއް މަހާއި 19 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ،

ފަހަކަށް އައިސް މިފަދަ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެކަމާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ.

Ads by HDC
  1. ސެއްޅި

    300 ރުފިޔާއިނ ޖުރުމަނާ.އޯކޭ ވާނެ..ނުކުޅެދޭ މީހަށް ވެސް ވެދާނެ.