ޚަބަރު އިޖުތިމާޢީ

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ދެކޮޅު ލީޑަރުން ފެއިލްވާނެ: އުމަރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ދެކޮޅުހައްދަވާ ހުރިހާ ލީޑަރުން ވެސް ފެއިލްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އުމަރު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބާލާނެ ކަމަށެވެ. އަދި އެކަމަށް ހުރަސްއަޅާ ހުރިހާ އެންމެން ވެސް ފެއިލްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު މިފަދައިން ވިދާޅުވެފައި ވަނީ އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ބޮޑު ޖަރީމާއެއް ކަމަށާއި އޭގައި ބައިވެރި ނުވާނެ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ފަށައިފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެއީ ގައުމީ ކެމްޕެއިނެއް ނޫން ކަމަށެވެ.

Ads by Ooredoo
  1. އިބްރާހިމް

    އިންޑިއާ ސިފައިން ބޭރުކުރަން ލިބިފައިމިވާ ފުރުސަތުގައި އިންޑިއާ އެމްބަސީވެސް ބޭރުކުރަންޖެހޭނެ. އެހެންނޫނީ ދިވެެހީން އަބަދަދުގެ އަބަދަށް ހިތާމަކުރަންޖެހިދާނެ. އިންޑިއާ އެމްބަސީއަކީ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެތެރެއަށް ފާޅުގައި ވަންނަ ބައެއްކަމަށް ރާއްޖޭގައި ވެރިކަންކޮށްފައިވާ ދެ ރައީސުން ވަނީ ވާހަކަދައްކަވާފައި. އަދި ރ ނަޝީދު އިންޑިއާ އެމްބަސީއަށް ވައްދައި ދިވެހި ފުލުހުންނަށް ފިލުވިކަން ނޭނގޭ އެއްވެސް ދިވެއްސަކު ނެތް.