އެމްއެމްޕީއާރުސީގެ ވައްކަމަކީ ނުހިނގާ ކަމަކަށް ނުވާނެ ކަމަށާއި، އެ ވައްކަމުގެ ޒިންމާ ކުރީގެ ރައީސް އަދި އިދކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނަންގަވަން ޖެހޭނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާޒް ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން ރައީސް ޔާމީން ފައިސާގެ ނަފާ ހޯއްދަވައިފައިވާކަން ސުޕްރީމް ކޯޓުގެ ހުކުމުން ވެސް އެނގޭ ކަމަށެވެ. އަދި ވިޔަފާރިއަށް ފައިސާ އިންވެސްޓުކުރިކަން ހުކުމުން ދޭހަވާ ކަމަށާއި ރައީސް ޔާމީންގެ އެކައުންޓުގައި ހުރީ އެމަނިކުފާނުގެ ފައިސާ ނޫންކަން ވެސް ސުޕްރީމް ކޯޓުގެ ހުކުމުން ސާފުވާ ކަމަށެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެން ރައީސް ޔާމީން ސަލާމަތްވީ ވައްކަން ނުކޮށްގެން ނޫން ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިންގެ ކުށުން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ކަމާ ގުޅުންހުރި އިދާރާތަކުން ހެއްދެވި ޓެކްނިކަލް ގޯސްތަކުންކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަމެއްކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ވިޔަފާރި ކުރުމަކީ ސީދާ ގާނޫނުއަސާސީން ވެސް މަނާކޮށްފައި އޮންނަ ކަމެއް ކަަމަށާއި ނަމަވެސް ރައީސް ޔާމީން ވިޔަފާރިއަށް ފައިސާ އިންވެސްޓުކުރި ކަމަށެވެ. އަދި އެކަމަށް ރައީސް ޔާމީން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާތީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައިފައިވާ ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި "އިންޑިއާ އައުޓް"ކެމްޕެއިން ފުޅާ ކުރައްވަމުން މިދާ ދަނޑިވަޅުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއި ކޯލިޝަންގައި ހިމެނޭ ގިނަ ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.
ޥަގުން ސިފައިންގެ ފްލެޓް ލާރި ކާލީ
ކަލޯ…. ތިހެން މީހުންގެ އަބުރަށް އަރަނިކޮށް އަނގަ ހައްދު ޖަހާފާނެ
އަސްލު ވަގުން މިހާރު ތިޔަ ތެޅެނީ ތިޖޫރީގެ ތަޅުދަނޑި އަތު ޖެހޭތޯ. ނުވާނެ ތިކަމެއް
މީހަކަށް ވަގު ތުހުމަތު އަޅުވާއިރު އެކަން ސާބިތުކޮށްދޭންޖެހޭނެ. އެހެންނޫނީ އޭނާ ފެތިގެންދާނީ ދޮގު ބުނިމީހުންގެ ތެރެއަށް. ދޮގު ހެދުމަކީﷲޞވޢ ނަހީކުރައްވާފައިވާކަމެއް. ބޮޑު ފާފައެއް. އަނގައިގެތެރޭގައި ދޫއޮތީތީ ހިތުހުރިހައި ވާހަކައެއް ދައްކާއިރު ތިމާއަކީ ކޮންބާރެއް ލިބިފައިވާ އިންސާނެއްތޯ؟