Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ގެރިއެއް ސަލާމަތް ކުރަން އުޅެނިކޮށް މަންމައަކާ ދަރިއަކު މަރުވެއްޖެ

ގެރިއެއް ސަލާމަތް ކުރަން އުޅެނިކޮށް މަންމައަކާ ދަރިއަކު މަރުވެއްޖެ

ކަރަންޓް ވަޔަރެއްގައި ޖެހިފައި އޮތް ގެރިއެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި މަންމައަކާ އޭނާގެ ދަރިއަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގައިފައި ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ޝާހްޖަހަންޕޫރްގައެވެ.

އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ގެރީގައި ކަރަންޓް ޖެހި ތެޅިފޮޅެން ފެށުމުން ގެރި ސަލާމަތް ކުރަން އެންމެ ފުރަތަމަ ދުއްވައިގަތީ 50 އަހަރުގެ މަންމަ ބިއްޓާ ދޭވީއެވެ. މަންމަ ހަޅޭއްލަވާ އަޑަށް އޭނާގެ ދެ ދަރީން ވެސް އެތަނަށް ގޮސް މަންމަ ސަލާމަތް ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ކަރަންޓް ކަނޑައިލެވުނު އިރު ފިރިހެން ކުއްޖާއާއި މަންމަ ވަނީ މަރުވެފައެވެ. އަންހެން ކުއްޖާ ސަލާމަތްވި ނަމަވެސް ފިހުމުގެ ސަބަބުން އޭނާއަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

Advertisement
HDC — Sidebar (box)

މި ހާދިސާގައި ގެރި ވެސް ވަނީ މަރުވެފައެވެ. ހިންދޫ ދީނުގައި ބައެއް މީހުން ގެރިއަށް އަޅުކަން ވެސް ކުރެއެވެ.

މަރުވި ދެމީހުންގެ ހަށިގަނޑު މިހާރު ވަނީ އޮޓޮޕްސީ ހެދުމަށް ފޮނުވައިފައެވެ. ފުލުހުން ދަނީ މި ހާދިސާ ތަހުގީގް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް