އިންޑިއާ އައުޓް ހިންގަނީ ގައުމީ ލޯބި ހަތިޔާރަކަށް ހަދައިގެން: ރޮޒައިނާ
ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވާ ކުރައްވަމުން ގެންދަވާ، "އިންޑިއާ އައުޓް" ކެންޕެއިނަކީ، ރައްޔިތުން ކައިރީގައި ދައްކާނެ އިތުރު ވާހަކައެއް ނެތުުމުން، ދިވެހިންގެ ހިތުގައި އޮތް ލޯބި ހަތިޔާރަކަށް ހަދައިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް، އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިރޭ ރާއްޖެ ޓީވީއިން ގެނެސް ދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވަނީ ރައީސް ޔާމީނަށާއި އިންޑިއާ އައުޓް ކެންޕެއިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ، އިންޑިއާ އައުޓް ކެންޕެއިނަކީ، ވެރިކަމުގެ ދަތިވެތި ކަމުގައި ކުރަމުން އަންނަ ކެންޕެއިނެއް ކަމަށެވެ.
"އެ ހިސާބަށް ދިޔައީމަ ހަމަނުޖެހުން އުފެދި، ދެ ޤައުމުގެ ދޭތެރޭގައި ހަމަނުޖެހުން އުފެދި، އެއް ޤައުމަކާއި އަނެއް ޤައުމެއްގެ ރައްޔިތުންނާ ދެމެދު ނުތަނަވަސްކަން އުފެދިގެންދޭ. އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ އެކުވެރިކަމާ އެކީ އުޅެމުން އަންނަ ދެ ޤައުމު" ރޮޒައިނާ ވިދާޅުވީ، ރައީސް ޔާމީން ގެންދަވަނީ ރައްޔިތުންނަށް މަންޒަރު އޮޅުވައިލައްވަން މަސައްކަތް ކުރައްވަމުން ކަމަށެވެ.
"ރައީސް ޔާމީނަށް މިލިޓަރީ ޕްރެޒެންސަކީ ކޯއްޗެއްކަން ހަމަ ރަނގަޅަށް އެނގި ލައްވާނެ. ހަމަ ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެން ދިވެހި ރައްޔިތުންނަށް އޮޅުވައިލާ، ދިވެހި ރައްޔިތުންނާ އިންޑިއާއާ ނަފްރަތު އުފައްދަން މި ކުރައްވާ މަސައްކަތަކީ މިއީ ކުޑަ މިންވަރެއްގައި ވެސް ޤައުމީ ލޯތްބެއް އޮވެގެން ކުރައްވާ ކަމެއް ނޫން. މިއީ ހަމަ ސީދާ ވެރިކަމުގެ ދަހިވެތިކަމުގައި، ރައްޔިތުން ކައިރީ ދައްކާނެ އިތުރު ވާހަކައެއް ނެތީމާ، ތަރައްޤީގެ މަޝްރޫއުތައް މިހާރު ވެސް ހަލުވިކޮށް ކުރިޔަށް ދާތީ، ދެން ދައްކާނެ އިތުރު ވާހަކައެއް ނެތިގެން، ދިވެހި ރައްޔިތުން ޤައުމަށް އޮތް ލޯބި އެ ހަތިޔާރާކަށް ހަދައިގެން، އެހެން ޤައުމަކަށް ނަފްރަތު އުފައްދަން ކުރާ މަސައްކަތްތަކެއް"
ރޮޒައިނާގެ ވާހަކަައިގައި އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން އެންމެ ވާދަވެރި ޤައުމުތަކުގައި ވެސް އޮފް-ލިމިޓް ވަކި ކަންކަމެއް ހުންނަ ކަމަށާއި މިގޮތުން ޚާރިޖީ ސިޔާސަތުތަކާއި ޑިފެންސް ސިޔާސަތުތަކަކީ އެއްވެސް ޤައުމެއްގައި މިގޮތަށް ކެންޕެއިންކޮށް ފާޑު ކިޔާ ކަންކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީން މި ފަދަ ކެންޕެއިނެއް ހިންގަވަމުން ގެންދެވުމަކީ ވެރިކަމަށް ފެން ބޮވައިފައި ހުރި މިންވަރު ދޭހަވާ ކަމެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގަތުމާ އެކު، މަސައްކަތް ފެއްޓެވީ، ފިތުނަ ފަސާދަ އުފައްދަން ކަމަށެވެ. އަދި ރައީސް ޔާމީނަށް ލިބިފައި ވަނީ، ކުޑަ ވަގުތުކޮޅެއް ކަަމަށާއި ޚިޔާނާތުގެ އިތުރު މައްސަލަތައް ކޯޓުގައި އޮތްކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ މިލިޓަރީ އައުޓް ކެމްޕެއިން ، އިދިކޮޅުން ދަނީ ފުޅާ ކުރަމުންނެވެ. އެއާ އެކު ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ދަނީ ގިނަ ފާޑުކިޔުންތަކެއް މި ކެމްޕޭނަށް ރައްދުކުރަމުންނެވެ.
ކަލޭއާ ކަލޭގެ ފިރިސޮރު ވެގެން ރަށެއް ދަމައިގަނެވުނީމަ ތި ތެޅިބާލަނީ ….އިހަށްދުވަހު ރނ ގޯސްވެގެން އަގަ އެރުވީ. ޑީއާރުޕީ އަށް ވެލިކާންދޭ
މިހިރަ ގަމާރު ބީތާޔާ ގައުމީ ލޯބި ހަތިޔާރަކަށް ނުހަދައި އެކަން ނުކުރެވޭނެ.ވަގު އެއްބަސްވުން ހަދައި ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް އިންޑިޔާ މިލިޓަރީ މިގައުމުގަެި ނުބޭއްވޭނެ.މިއީ ޗޮއްޕަޑުގެ ތަރިކައެއް ނޫން.އިންޑިޔާ އިން ބަދަން ކައިގެން ގައުމު ވިއްކައެއް ނުލެވޭނެ…ބުނަން ތި މިލިޓަރީ ބައިތިއްބަން އިތުރަށް މަސައްކަތް ކުރާނަމަ ސަރުކާރު ވައްޓާލަން ރައްޔިތުން ނިކުންނާނެ. އަވަހަށް މިލިޓަރީ އައުޓު ކުރޭ.ތި ގަމާރަކަށް ނޭނގޭނެ މިކިތާ އެއްޗެއް.