މި ފަސް އަހަރުގެ ދައުރަށް ވުރެ އިތުރަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވީ ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރުން ހިންގާ ސްޕީޑުގައި މަޝްރޫއުތައް ހިންގި ދުވަސްވަރެއް އޭނާގެ ހަޔާތުގައި ވެސް މިހައިތަނަށް ދެކެފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުން މިހާރު ހިންގަން ފަށައިފައިވާ ތަރައްޤީގެ އެކި މަސައްކަތްތައް ފުރިހަމަކުރުމަށް ދެވަނަ ދައުރެއްގައި ވެރިކަމުގައި ހުންނަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
“ތަރައްގީވެފައި އޮތް ގައުމަކާ ދިމާލަށް ކައިރިވާ ހިސާބަށް ގެންދިޔުމަށް މަނިކުފާނު އިރާދަކުރެއްވިއްޔާ މި ފަސް އަހަރަށް ވުރެ އިތުރަށް އަދި ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ" އަސްލަމް ވިދާޅުވިއެވެ.
ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މިހާރު ވަނީ މާފުށީ ކައުންސިލާ ޙަވާލުކޮށްފައެވެ. އެ ބިން ކައުންސިލާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިރާދަ ކުރެއްވިއްޔާ ދުނިޔޭގައި ހުރެދާނެ ކަންނޭނގެ..ވެރިކަމަށް އާދެވޭނެ ކަމެއް ނޭނގޭ. ވ..ސަލާމް. ތިޔަހެން ބުނި ޔާމީނު ގާތުގައި އުޅުނު ފަޑައްކުތައްވެސް.
ނޯ ވޯޓިންތޯ؟