ޚަބަރު

އޮޕަރޭޝަން ރިވެލި: މާސްކް ނާޅާ އުޅުނު ހަ މީހަކަށް ނަސޭހަތްދީ، ދެ މީހަކު ޖޫރިމަނާ ކުރި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ - ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ”އޮޕަރޭޝަން ރިވެލި”ގެ ދަށުން 789 ސަރަހައްދަކާއި 387 އުޅަނދު ބަލައި ފާސްކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ، އިއްޔެ ހަވީރު 4:00އިން ފެށިގެން މިއަދުގެ ހެނދުނު 06:00އާ ހަމައަށް އޮޕަރޭޝަނުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 99 މީހަކު ބަލައިފާސްކޮށްފައިވާ ކަމަށާއި ހުއްޓުވައި ސުވާލުކޮށް 504 މީހަކު ވަނީ ފޮނުވައިލައިފައިވާ ކަމަށެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު، އިއްޔެ ހަވީރުން ފެށިގެން މިއަދުު ހެނދުނު 06:00އާ ހަމައަށް ފޭރުމުގެ ދެ މައްސަލައަކާއި ވައްކަމުގެ ހަތަރު މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގެ އިތުރުން މާރާމާރީގެ ތިން މައްސަލައަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި ޓްރެފިކް ވައިލޭޝަންތަކާ ގުޅިގެން 13 މީހަކު ޖޫރިމަނާކޮށްފައިވާ އިރު، 6 އުޅަނދެއް ވަނީ ޓޯވކޮށްފައެވެ. އަދި ކަނޑުމަތީގެ ވައިލޭޝަންތަކުގައި 5 ފަރާތްތަކަށް ނަސޭހަތްތެރިވެފައި ވެއެވެ.

ފުލުހުން ވިދާޅުވީ، އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ކޮވިޑްގެ ހާލަތާ ގުޅިގެން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގައިޑްލައިންތައް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އިއްޔެ ހަވީރުން ފެށިގެން މިއަދުގެ ހެނދުނު 06:00އާ ހަމައަށް މާސްކު ނާޅާ އުޅުމުގެ ސަބަބުން 6 މީހަކަށް ނަސޭހަތްތެރިވެފައިވާ އިރު މާސްކު ނާޅައި އުޅުމުގެ ސަބަބުން 2 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by Allied Insurance
  1. ހަސަން

    ލަދ ހަޔާތ ވެސ ކުޑ ކޮބާތ ޝޯބަލަނ ދިޔ ބައިގަނޑ ޖޫރިމަނ ކުރިތަ