މި ސަރުކާރުގެ ތަރައްޤީ އަމާޒުކޮށްފައި ވަނީ ސީދާ ރައްޔިތު މީހާގެ މަންފާއާއި ފައިދާއަށް ކަމަށާއި މި ސަރުކާރުގެ ތަރައްޤީ ފެނިފައި އުދަނގޫވާ ބަޔަކު ތިބެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ނ. މަގޫދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި، އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައީ ލާމަރުކަޒީ ނިޒާމުގެ ވައުދާ އެކު ކަަމަށާއި މިއަދު މިދަނީ އެ ވައުދު ފުއްދަމުން ކަމަށެވެ. މިގޮތުން ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަކީ އެންމެ ބޮޑު ވައުދުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މިއަދު މި ކުރައްވަނީ އެ މަސައްކަތްޕުޅު ކަމަށެވެ. އަދި އަސާސީ ޚިދުމަތް ދޭން މަޝްރޫއުތައް ނުހިންގާ ރަށެއް މިއަދު ނޯންނާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"ރަށަކަށް ފަހު ރަށެއްގައި އިންޖީނުގެތައް ހުޅުވިގެން ދާއިރު، މިކަމާ ދޭތެރޭގައި ނުގަބޫލު ބަޔަކު އުޅޭނެ. އެ ބަޔަކަށް ނުކުރެވި އޮތް ކަމެއް ކުރާތަން ދެކުމަކީ ހިތް އެދޭނެ ކަމެއް ނޫން." ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކާއި މި ސަރުކާރުން ގެނެސްދޭ ތަރައްޤީ ތަފާތު ކަމަށާއި، މި ސަރުކާރުން ތަރައްޤީ ގެންދަނީ ސީދާ ރައްޔިތުންނަށް ކަމަށެވެ.
"އަޅުގަނޑުމެން މިގެންނަ ތަރައްޤީ ފެނިފައި އުދަނގޫވާނެ ބަޔަކު ތިބެދާނެ. އަޅުގަނޑުމެންގެ ތަރައްޤީއާއި އެބޭފުޅުންގެ ތަރައްޤީއާ ތަފާތު. އަޅުގަނޑުމެން ތަރައްޤީ އަމާޒުކޮށްފައި ވަނީ ސީދާ ރައްޔިތުންނަށް. އެވިސްނުމުގައި ތަރައްޤީ ކުރަމުންދަނީ."
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް އޮތީ ވަރަށް ދަށް ހާލަތުގައި ކަމެވެ.
'ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުވެފައި އޮތް މިންވަރު %20އަށް ނާރާ. ކަރަންޓުގެ ހާލަތު އޮތީ އެހާ ދަށު ދަރަޖައިގައި." ރައީސް ޞާލިޙް ވިދާޅުވީ، ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގައި ދެވެމުންދަނީ 70 މެގަވޯޓުގެ ކަރަންޓު ކަމަށާއި، މިވެރިކަން އައި ފަހުން މިއަދަދު ދެގުނަ ވެފައިވާ ކަމަށެވެ. އެގޮތުން 140 މެގަވޯޓުގެ ކަރަންޓު މިހާރު ފޯރުކޮށް ދެމުން އަންނަ ކަމަށް ވިދާޅުވެ، ފެނަކައަށް ރައީސް ޞާލިޙް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
ވާހަކަ ދެއްކިދާނެ ކިތަންމެ ވަރަކަށްވެސް ކުރިޔަށް ވުރެން ކަރަންޓަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ދެގުނަޔަށް ވަނީބޮޑުވެފައެވެ.
ޙަމައެކަނި ތަރައްގީ ފެނިފަކާ ނޫން ކަން ބޮޑުވަނީ ގައުމު ބަގުރޫޓް ކޮށްލާފައި ވާތީވެސް ކަންބޮޑުވޭ . ތަރައްގީގެ މަޝްރޫޢުތައް ވަގުތީ ގޮތުން ހުއްޓާލަން ވޯލްޑް ބޭންކުން އެންގީމަ ވެސް ތަން ތަނުން ދަރަނި ނަގައިގެން ވެރިކަމުގެ ދެވަނަ ދައުރަކަށް ތައްޔާރު ވަމުން ތިޔަދަނީ . މާލިއްޔަތުގަ އޮތީ ބޮޑު ހޮއެއް ކަމަށް ވަަނީ.
ސަޅި