ޚަބަރު ސިޔާސީ

އެމްއެންޕީގެ ވެރިކަމެއްގައި ދިވެހިން ނިދާނީ ފިނި ކޮޓަރީގައި: ނާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުން މިއަދު ތިބީ ވަރަށް ދަތި ހާލެއްގައި ކަމަށާއި މި ހާލަތު ބަދަލު ކުރާނީ މޯލްޑިވްސް ނެޝަނަލް ޕާޓީން ކަމަށް، އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލްހަންނާނުގެ މާލޭގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދި މައިގަނޑު މަޤްސަދަކީ ކޮންމެ ދިވެހި ރައްޔިތަކީ ފުދުންތެރި ރައްޔިތަކަށް ހެދުން ކަމަށެވެ.

ނާޒިމް ވިދާޅުވީ، މިދިޔަ ހަފްތާގައި ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ހުރިހާ ގެޔަކަށް ޒިޔާރަތް ކުރެއްވި ކަމަށާއި، ރަށްތަކުން ފެނުނު މަންޒަރުތަކުން ކަރުނަ އައި ކަމަށެވެ. އަދި މިދިޔަ ސަރުކާރުތަކުން ރައްޔިތުންގެ ތަރައްޤީއާއި ފުދުންތެރިކަމަށް ކޮށްދީފައި އޮތީ ކޮންކަމެއްތޯ ސުވާލު އުފެދުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު މި ތިން ރަށުގެ ގޭގެއަށް ދިޔައިމާ، އެ ރަށްރަށުގެ މަންޒަރުތައް އަޅުގަނޑަށް ފެނުނީމަ ޙަޤީޤަތުގައި ވެސް އަޅުގަނޑުގެ ހިތަށް އަރަނީ ވޭތުވެދިޔަ ދުވަސްތަކުގައި، ޚާއްސަކޮށް މިދިޔަ ތިން އަހަރު މި ސަރުކާރުން ކީއްބާއޭ ކުރީ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ރާއްޖެއަކީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު ބޮޑު އަދަދެއް ލިބޭ ގައުމެއް ކަމަށާއި ނަމަވެސް ރައްޔިތުން އަދިވެސް ތިބީ ނިކަމެތި ހާލެއްގައި ކަމަށެވެ. އަދި ރާއްޖެއަށް ލިބޭ ފައިސާ ދާތަނެއް ނޭނގޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން އެމްއެންޕީގެ ވެރިކަމެއްގައި މިކަން ބަދަލުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު އަރުވަން އޮތް ޔަގީން ކަމަކީ މި ޕާޓީގެ ޒައާމަތުގައި އިރާދަކުރެއްވިއްޔާ ދިވެހިން ނިދާނީ ފިނި ކޮޓަރީގައި. ދިވެހިންނަށް ހައްގު މިންވަރަކީ މިއީ. ދިވެހިންނަކީ ގޭގައި އަރާމުގައި އާއިލާއާ އެކީގައި ނިދާލެވެން ޖެހޭ ބައެއް" ނާޒިމް ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނާޒިމްވަނީ ސަރުކާރުން ކުރަން ފަށައިފައިހުރި މަސައްކަތް ނިންމުމަށް ގޮވައިލައިފައެވެ.

"ކޮމަންޑޫ ހިއްކި، ހިއްކާފައި ސްލިޕްވޭ ގެއްލުވާލީ. އަޅަން ހުރި ދަގަނޑުތައް ހުރީ ރަށު މެދުގައި. ސަރުކާރަށް ގޮވާލަނީ ވައުދެއް ވެއްޖިއްޔާ އެ ވައުދެއް ފުއްދާށޭ. އަޅުގަނޑުމެން އަބަދުވެސް ސަރުކާރަށް މި އަޑު އިއްވާނަން." ނާޒިމް އިތުރަށް ވިދާޅުވީ، މިދާއިރާގެ ރަށްތަކަށް ޓުއަރިޒަމް އަންނާނީ ކައިރީގައި އެއަރޕޯޓެއް އޮވެގެން ކަމަށާއި ސަރުކާރުން ވައުދުވި އެއަރޕޯޓް މިހާރުން މިހާރަށް އެޅުމަށް ގޮވައިލާ ކަމަށެވެ.

Ads by Ooredoo
  1. މުންޖިޗޭ

    ރައްޔިތުން ވާވައްދާފަ ތިމާމެންގެ ބޭނުން ޙާޞިލްކުރަން ނުފުއްދޭވަރުގެ ނަދުރުބުނެ ވަޢުދުވަމުންދާއިރު ޖިފުޓިގަނޑެއް ނެތް ކިތައް ރައްޔިތުން ތިބިކަން އެނގޭތަ! ތިމާއަށް ފިނިކޮޓަރި ތަނަވަސްވިޔަސް ކޮންމެމީހަކަށް އެތަނަވަސްކަން ނެތްކަންނޭގޭ މީހުން ހޮޅި ވާޢުދުވާންނުނިކުމެ ގޭގައި ތިބިއްޔާމާރާނގާޅު!

  2. ކިނބޫ

    ރައްޔިތުން ތިބި ނިކަމެތި ހާލު ފިސްތޯލަ ނާޒިމަށް އެނގުނު ކަމަށްޓަކާ ކަރުނަ އަތުވެއްޖެ.

  3. އިބުރާހިމް މުފީދު

    ތިކަމާއި އެންމެ ދެރަވާނާ ތިބާގެ އެ އަނިޔާވެރި ޑެޕިއުޓީ. ދިވެހު ދަރިން އޭންގަލް ދަގަނދައްނަގާ ކީސްބިޑިއެޅުވި އެދުރު ރިޔާޒް.
    ވޯޓެެއް ހޯދުމަށް އަމާ އެއީ ބަފަޔޭވެސް ކަލޭމެން ކިޔާނެ. އަންނި އެކޭ ހަމަ އެއްގޮތް. ދޮގާއި މަކަރާއި ޙީލަތް. ވެިކަން ނޫންކަމެއް ބޭނުމެރެްނޫން.
    ތިހާ ދެރަވަންޏާ ވޯޓެއް ބޯމަތި ނުވިޔަސް ރައޔަތުންގެ ޙާލުބަލާ އެހީތެރިކަމުގެ އަތެއްދީބަލަ. ގަެިމުވެސް ހޯދުނުގިތަކަށް ތިވަނީ ފައިސާ ލިބި މަހުޖަނުންނަށްވެފާ. ސޮރީ، ނޯ ޗާންސް.

  4. ޙަސަނާ

    ފިސްތޯލަ ޕާޓީ. ހުސް ބާގީން އޮތް ޕާޓީއެއްތީ. މިގައުމު ހަލާކު ކުރާނެ ބައިގަނޑެއްތީ.

  5. ކޮމަންޑޫ ކޮންމެ ގެޔަކަށް ފިސްތޯލަ ލިބޭނީ !