ޚަބަރު ސިޔާސީ

ދެން ވެރިކަން ލިބުނަސް 18 އަހަރުން މަތީ އެންމެނަށް ފްލެޓް ކަށަވަރުކޮށްދޭނަން: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅުގައި މި ވަގުތު އޮތް ޕީޕީއެމްއަށް ދެން ވެސް ސަރުކާރު ލިބިއްޖެ ނަމަ، 2018 ވަނަ އަހަރު ވައުދުވީ ފަދައިން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވެހިކަން ކަށަވަރުކޮށްދޭނެ ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ ށ. ފޯކައިދޫގައި އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީގެ ކެންޕެއިންގައި ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންގެ ތަރައްޤީއަށް އެންމެ ބޮޑު މަސައްކަތެއް ކުރެވުނު ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރު ކަމަށެވެ. އަދި ޒުވާނުންނަށް ޒުވާނުންނަކީ ކޮބައިކަން މަންހަޖެއްގެ ތެރެއިން ދަސްވެގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް ވިދާޅުވަމުން، ވިދާޅުވީ ޒުވާނުންނަކީ ދިވެހިންގެ ތެރޭގައި އުޅޭ ބައެއް ކަމާއި ދޫކޮށްލައިގެން ވާނެ ބައެއް ނޫންކަން އަމަލީ ގޮތުން ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި ކަމަށެވެ.

ޒުވާނުންނަށް ރައީސް ޔާމީންގެ ސަރުކާރުގައި އަހަމިއްޔަތު ދެއްވިކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ 18 އަހަރުން މަތީގެ ހަމަ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޔާމީންގެ ވައުދެއް ކަމަށާއި އަދިވެސް ހުންނެވީ ވައުދުގެ މަތީގައި ކަމަށެވެ.

"މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި، 2030ވަނަ އަހަރާ ހަމައަށް ދާންވާއިރަށް، އުމުރުން 18 އަހަރުން ފުރޭ ކޮންމެ ކުއްޖަކަށް ބޯހިޔާވެހިކަން އަޅުގަނޑުގެ ސަރުކާރުން ކަށަވަރުކޮށްދޭނަމޭ، ރައްޔިތުން އެ ފުރުސަތު އަޅުގަނޑުމެންނަށް ފަހިކޮށްދީފިއްޔާ. އެއީކީ ފަސޭހަ ކަމެއް ނޫން. އެއީ ބޮޑު ކަމެއް، ބޮޑު މަސްއޫލިއްޔަތެއް، ޚަރަދު ބޮޑު، ހޭދަ ބޮޑު ނިންމުމެއް." ރައީސް ޔާމީން ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާ އިރަށް 18 އަހަރު ފުރޭ ހުރިހާ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭތޯ، ރައްޔިތުން އެ ފުރުުސަތު ދެއްވައިފި ނަމަ ބަލާނެ ކަމަށެވެ.

އެ ހުރިހާ ކުދިންނަށް ބޯހިޔާވެހިކަން، މާލެ ކައިރި ސަރަހައްދުން، އެންމެ ކުޑަ މިނުން ފްލެޓެއް، އެޕާޓްމެންޓެއް. ނޫނީޔާ އެޕާޓްމެންޓާ ގުޅިގެން ބޯހިޔާވެހިކަން އަޅުގަނޑުމެން ވައުދުވިން. އަދި އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ކަށަވަރު ކުރެވޭތޯ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން.

ރައީސް ޔާމީންގެ ވާހަކަފުޅުގައި "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅުވައިގެން ވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ވިދާޅުވީ، އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭތީ އެކަމާ ދެކޮޅަށް އެންމެ އަވަހަށް ނިކުންނަން ޖެހޭ ބަޔަކީ ޒުވާނުން ކަމަށެވެ. އަދި ހަރުއުމުރުފުރައިގެ މީހުން ގޭގައި އަރާމު ކުރުމަށް ފުރުސަތު ދިނުމަށް ފަހު، ޒުވާނުން މިމަސައްކަތަށް ނިކުތުމަށް ރައީސް ޔާމީން ވަނީ ގޮވައިލައްވައިފައެވެ.

Ads by Allied Insurance
  1. ޢަލީ

    ބޮޑުވަގަކަށް ރައީސްކަން ދޭންވިއްޔާޔާދޭންވީ

  2. ޚިޔުން

    ާކުރިން ވެސް ނުދޭ. ޑެންވެސް ތި ޔާމީނު ނުދޭނެ. ޙަމަ ދަޅަ ދައްކާނީ. ޥޯޓެ ލީ ދުވަހުގެ ކުރީ ހަފްތާގަ ލައްކަ ޣގޯތި ތަކެއް ދިނެއްނުން.