ޚަބަރު އިޖުތިމާޢީ

މާދަމާ ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ރައުފާ ރަޝީދު ، ދެން އޮންލައިން
ސްޓެލްކޯ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މާދަމާ ހެނދުނު ހުޅުމާލެއާއި މާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސްޓެލްކޯއިން ވިދާޅުވީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގެ މެއިންޓަނަންސް މަސައްކަތެއް މާދަމާ ކުރުމަށް ހަމަޖެހިފައި ވާތީ، މި މަސައްކަތުގެ ތެރެއިން މާދަމާ ހެނދުނު 6:00އިން 6:30އާ ދެމެދު މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބުކަމާ އެކު ސިންކްރޮނައިޒް ކުރެވިފައެވެ. މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. ގްރޭޓާ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހައިތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މިހާރު ކުރިޔަށްދަނީ މިމަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!