ޚަބަރު ސިޔާސީ

ޕީޕީއެމްގެ ކެނޑިޑޭޓަށް ވޯޓު ދޭން ޝައިޚް ލަތީފު ގޮވައިލައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް، އިދިކޮޅު ޕީޕީއެމްގެ މޫސާ ފަތުހީ އިންތިހާބު ކުރަން ވޯޓު ދޭން ދީނީ އިލްމުވެރިޔާ ޝައިޚު މުހައްމަދު ލަތީފް ގޮވައިލައްވައިފިއެވެ.

Ads by STELCO

ޝައިޚް ލަތީފު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ބޭނުންވަނީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށާއި، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެފަދަ ތައުލީމެއް ހުރި މޫސާ ފަތުހީއަށް ވޯޓު ދެއްވުމަށް ގޮވައިލައްވާ ކަމަށެވެ.

މީގެ އިތުރުން ޝައިޚް ލަތީފު ވިދާޅުވީ މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުންވަނީ އިސްލާމީ ޝަރީއަތް ކިޔަވައިގެން ތިބޭ މީހުން ކަމަށާއި އެކަންކަން ނުދަންނަ ޖާހިލުން މަޖިލީހަށް ހޮވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން. އެކަންކަން ނުދަންނަ ޖާހިލުންނެއް ނޫން. ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުޙީއަކީ އެ ރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދަވާ ބޭފުޅެއް. އެންމެން އޭނާއަށް ވޯޓު ދެއްވާ!" ޝެއިޚް ލަތީފު ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ އިލްމުވެރިން ދަނީ މޫސާ ފަތުހީއަށް ވޯޓު ދިނުމަށް އެދި ގޮވައިލަމުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރަން ނިންމި ނަމަވެސް، އެ ޕާޓީގެ ބައެއް އިލްމުވެރިން ވެސް ގޮވައިލައްވައިފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ނުދިނުމަށެވެ.

Ads by Allied Insurance
  1. ާއަލިބެ

    ޝެެހުންނަކިި ވަރައް ދިިީންވެރި ބައެއް އެކަމް ސޭހުން މޮހާރު މާ ސިޔާސީ ވާތަން އެބަ ފެނޭ؟

  2. އިބުރާ

    ތިޔައީ ޝޭކެއް ޝޭހެއްނޫން

  3. ޖާނޭ

    ޢެމީހަކަށް ފެންނަ ޚިޔާލެއް ފާޅުކުރާނެ. ޕާރޓީއަކަށް މިރާްޖޭގައި އޮތީ ހަމަ އެކަނި އެމް.ޑީ.ޕީ އެއް ނޫނެވެ.