ސިޔާސީ

އިންޑިއާ އައުޓަށް" އަމާޒުވާ ފާޑުކިޔުންތަކަށް މޮސްޓާގެ ރައްދެއް"!

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ: ފޮޓޯ/ މަޖިލިސް

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތް ފޯރީގައި ކުރިއަށް ދިޔުމަކީ ބައެއް ފަރާތްތަކަށް ވަރަށް "އަސަރު" ކުރާ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސިފަ ކުރައްވައިފިއެވެ.

Ads by STELCO

ރޭ ށ.ކޮަމަންޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން އިސްވެ ހުންނަވާ ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވަނީ ރައީސް ޔާމީން ޖަލަށް ލާން ގޮވައިލައި، ފާރުތަކުގައި ވެސް ލިޔަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހި ގައުމަށް ރަނގަޅު ގޮތެއް ވާނީ އޭރުންނެވެ.

ފަލާހުގެ ވާހަކައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންޑިއާ އައުޓް"އޭ ބުނުމުން، ބައެއް ފަރާތްތަކަށް އެހާ ވަރުވަނީ، ލިބޭ އެއްޗެެއް މަދުވާތީ ކަމަށް ވެދާނެ ކަަމަށެވެ.

"އެފްޕީއައިޑީގެ ވާހަކައިން ފަށަމާ ހިނގާދޯ ވާގޮތެއް ބަލާލަން. ހާދަވަރެއް މިވަނީ އިންޑިއާ އައުޓޭ ބުނީމަ. އިންޑިއާ އައުޓްވީމަ ލިބޭ ބައި ކުޑަވަނީ ތޯއްޗެ." މޮސްޓާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންވުމާ އެކު އިންޑިއާ އައުޓް ހަރަކާތް ވަަރަށް ބޮޑަށް ފުޅާވެފައިވާއިރު، މިއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ސަރުކާރުގެ އިސްބޭފުޅުން ދެކެވަޑައިގަންނަވައެެވެ.

އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުހުން ނުކުމެ "އިންޑިއާ އައުޓް" ހުއްޓުވުމަށް ގޮވައިލައްވައިފައެވެ.

Ads by HDC
  1. އަލިބެ

    އިންޑިޔާއިންހާދަބައިވަރުލާރިއެއް އެމީހުންކައިފިޔޭ. އެހެންވީމައެވަރުވާނެދޯ. މޮސްޓާއަކަށް ނުދޭދޯ.