ރާޝިދަށް ވޯޓް ނުދީފި ނަމަ އާސަންދައިގެ ޚިދުމަތް ދިނުމުގައި ދަތިކުރާނެކަމުގެ އިންޒާރު ޤާސިމް ދެއްވައިފި
ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރައްވާ އެމްޑީީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ވޯޓް ނުދީފިނަމަ އާސަންދައިގެ ޚިދުމަތް ދިނުމުގައި އެފަދަ ފަރާތްތަކަށް ދަތިކުރާނެކަމުގެ އިންޒާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދެއްވައިފިއެވެ.
ޤާސިމް މިފަދައިން އިންޒާރު ދެއްވީ ރާޝިދުގެ ކެމްޕެއިނަށް ފޯކައިދުއަށް ވަޑައިގެން އެ ރަށުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ކޮވިޑްގެ ސަބަބުން ރައްޔިތުންގެ މަޖިލީހަށް ޙާޟިރުވެވަޑައިގަންނަވަން އުޒުރުވެރިވެ ހުންނެވުމަށް ފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިއަދު ފޯކައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޤާސިމް ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ވޯޓް ދޭން ޖެހޭ ކަމަށާއި ރާޝިދަށް ވޯޓް ނުދީ ލިބޭނެ މޮޅެއް ނޯންނާނެ ކަމަށެވެ. އަދި ރާޝިދަށް ވޯޓް ނުދެއްވާ ފަރާތްތަކަށް ސަރުކާރުން ދަތިކުރާނެކަމުގެ އިންޒާރު ދެއްވިއެވެ.
"އެންމެ ކުޑަވެގެން އާސަންދަ ދޭން އިންނާނީ ވެސް އެމްޑީޕީ ދެކެ ލޯބިވާ، އެމްޑީޕީއަށް އިހުލާސްތެރި މިއަދުގެ ސަރުކާރަށް ލޯބިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާނާތްތެރި ބޭފުޅުން. ދެން ކިހިނެއްތޯ މާ ފަސޭހައިން އާސަންދައިގެ ޝަރުތުތައް ފުރިހަމަވެއޭ ބުނާނީ، އެހެން މިހެން ހަދައިފައި ކަޓުވައިނުލާނެ ކަމަށް އަޅުގަނޑުމެންނަށް ވިސްނެނީތޯ" ގިނަ ދުވަސްތަކަކަށް ފަހު އާންމުންގެ ތެރެއިން ފެނުނު އިރު މުޅީން ތަފާތުކޮށް ހުންނެވި ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމްގެ މި ވާހަކަފުޅާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ޤާސިމަށް ފާޑުކިޔަމުންނެވެ. އެގޮތުން ޓްވިޓަރގައި ޚިޔާލުފާޅުކުރި މީހަކު ބުނެފައި ވަނީ މިއީ ރައްޔިތުންނަށް ބިރު ދެއްކުމުގެ ޢަމަލެއް ކަމަށާއި މިކަންކަމާ ދެކޮޅަށް ކޮމަންޑޫ ރައްޔިތުން ވޯޓްދޭނެކަން ޔަގީން ކުރާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވަނީ ރާޝިދުގެ ކެމްޕެއިންގައި ކޮމަންޑުއާއި މަރޮށީގައި ވެސް މިފަދަ ވާހަކަތަކެއް ދައްކަވައިފައެވެ.
ވިލާ ކުންފުނިންދެއްވާ އާސަންދަ އެއްނަމަ
ތިޔަވިދާޅުވާ ގޮތައް އާސަންދައެއް ނުލިބޭނެ
ޙަޤީޤަތުގައި ޤާސިމް ކުރައްވާ ކެމްޕޭނުން ރާޝިދައްވާނީ ގެއްލުން ވިސްނާލި ކޮންމެ މީހަކަށްވެސް އެނގޭނެ އެކުރަނީ ޖެއްސުންކަން ސަރުކާރަށް ރައްޔިތުން ނަފްރަތުވާ ގޮތަށް ވިސްނާާފަ ކޮންމެ ރަށެއްގާވެސް ވާހަކަފުޅު އެދައްކަވަނީ ސަރުކާރުދެކެ ރުޅިއައިސް ތިބެ ސަރުކާރު ކެޑިޑޭޓަށް ރައްޔިތުން ވޯޓް ދޭނެތަ؟ ވަރަށްސާފް ނުދޭނެކަން އެކަ ން ޤާސިމް އެކުރައްވަނީ އަދި ޞާލިޙް މޮޔަހީވާނެ ބަލަންތިބޭ އެންމެން މިވާއެތި
ބަލަ މިހިރި ގާރޫނު ގައުމުރައްޔަތުންބަލައެއްނުގަންނާނެ ކޮމެންޑޫ ވޯޓްދޭނީ އިންސާފައް ފަތުހީއައް ގަމާރު ލަދުކުޑަ ގަމާރު؟؟
މަނިކުފާނައްވެސްް އެފަދަކަމެއްް ދިމާވެގެންތޯޯ ނަފުސުު ބިކެމުންް ބިކެމުންް ތިދަނީ
ލާާސިމުތީ ހާދަ ދޯދިޔާ މީހެކޭދޯ ކޮބާ ކަލޭ ހެދި ގާނޫން އަސާސީ އެވީތަންވެސް ނޭނގޭދޯ ހާދެ ވިޔާނުދާ މަހުޖަނަކަށްށޭ މަނިކުފާނު ތިވަނީ ހެއްދެވިފަރާތް ވާނކަން ހަދުމަފުޅު ބަހައްޓަވާ ތި އުޅުއްވާ ގޮތާ މަނިކުފާނުންގެ ސަޚްޞިއްޔަތަކާނުގުޅޭ ހަޑިކޮށް ނޫޅުއްވާ އަޅުގަނޑު ވަރަށް ލަދުގަނޭ
މީނަހީކުރީ ކަންކަން އޮންނަންވީ ދެއްކުންތެރިކަމުގެ ގޮތުން ސިޔާސީ މަންފާއަށްޓަކައި މީނަ އެހީގެ ނަމުގައި މިނަގެ ޕާޓީ ކުދިން ލައްވައި މީނައަށް ސަނާކިޔާ ލަވަ ކިއުއްވަން ވެގެން ބަހާ އުޞޫލުންނޭ ކަންކަން އޮންނަންވީ! އެއީ ތަހުޒިބު މުޖްތަމަޢުތައް ދަންނަ އުޞޫލެއްނޫން.
އެމޮޔަސޮރެއް
އަނެއްކާާ އެސޮރުގެެ މޮޔަކަންް އިތުރުވެގެންް އެއުޅެނީީ އިތުރުރައްތަކެއްް ބޭނުންވެގެންބާާ ނޫނީީ ދިވެހިދައުލަތްް ލޫޓުވާލަންތައްޔާރުވަނީީ ނޫންބާާ ކޮންމެވެސްް ކަންތައްގަނޑެއްގެެ އަވާގަަ ޖެހިފަހުރުމާއިި ވަރައްް ވައްތަރުު ދިވެހިންނޭެ ވިސްނާާ ކޮންމެވެސްް ގޯސްކަަންތައްގަޑެއްް ހިނގަމުންދާކަމުގެެ އަލާމާތްތައްް އެފެންނަނީީ އާސަންދައަކީީ އެއްވެސްވެރިކަމެއްގައިި ދެންކުޅެލާކައްް މާފަސޭހައެއްޗަކައްނުވާނެެ މިހާރުު ވިސްނާބަޔަކައްް ހާމަވާއެއްޗަކީީ ވޯޓްލާންފަށާހިސާބުންް ކޮމަންޑޫދާއިރާގެެ މަތިންް ހަނދާންނައްލަންް ރާވާކަންް އެއްވެސްް އިޚްލާސްތެރިި ކަމެއްް އެމީހުންގެކިބައިގައިި ނެތްކަންް ހަމައެކަނިި އެމީހުންނައްް އެމީހުންފަޚުރުވެރިވާާ ފެންވަރައްލިބޭއެއްޗަކީީ އޮޅުވާލުމާއިި މަކަރުވެރިކަން
ކަލޭތީކާކު ރާއްޖޭގެ ހުރިހާ ރިސޯޓެއް ބަޑުއަޅައިގެން އާސަންދަ އަކީ ވިލާ ކުންފުނިން ދޭއެއްްޗެއް ނޫން ތިޔަބުނާ އިބޫ ސޯލިހު އަށް ވެރިކަމުގައި އިދެވެނީ ރައްެޔިތުން ބޭންދީމަ