ޚަބަރު ސިޔާސީ

ޖޭއެސްސީ އިޞްލާޙް ނުކޮށް އުޅެނީ ރައީސް ޔާމީނަށް ޙުކުމް ޖަހަން: ޖަމީލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖުޑީޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް، ޝަރުއީ ދާއިރާ އިސްލާޙް ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެއް ކަމަށާއި އެ ވަޢުދު ނުފުއްދަވަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ މައްޗަށް ޖަލު ޙުކުމެއް އިއްވުމަށް ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކޮމަންޑޫ ދާއިރާގެ ޕީޕީއެމްގެ ކެނޑިޑޭޓް ފަތުހީ ކެމްޕެއިންގައި މިރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، މިއަދު އޮތީ ޝަރުއީ ނިޒާމު ކަފުންވެފައި ކަމަށާއި ދެން އޮތީ މޫނު އެޅުން ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާޙް ނުވެގެން އުޅެނީ ކޮން ގޮނޑިއެއް ނުލިބިގެންތޯ ރައްޔިތުން ރައީސް ޞާލިޙް އަދި ރައީސް ނަޝީދާ ސުވާލު ކުރައްވަން ޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާޙް ނުވެގެން އުޅެނީ، ކޯޓުތަކަށް ނުފޫޒު ފޯރުވާ، ރައީސް ޔާމީންގެ މައްޗަށް ޖަލު ޙުކުމެއް އިއްވަން ކަމަށެވެ.

"ތިން އަހަރު ވީއިރުގައި ރައީސް ނަޝީދު އިސްވެ، ހުރެގެން ކޯޓުތަކުގެ ތެރެއަށް އަތް ބާނަނީ އަދި ޖޭއެސްސީ އިސްލާޙު ނުކޮށްގެން އެ އުޅެނީ އެންމެ މަޤްސަދަކަށް ޓަކައި. އެ މަޤްސަދަކީ ދިވެހި ރާއްޖޭގެ ވާދަވެރި ސިޔާސީ ލީޑަރުން، އިދިކޮޅު ލީޑަރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ޙުކުމެއް ޖަހަން ވެގެން ޝަރުއީ ކޯޓުތަކުގެ ތެރެއަށް އަތް ބާނަން." ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ އަޑު އެހުންތައް މިހާރު ކުރިޔަށް އެބަދެއެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރިން އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް، މިދިޔަ އަހަަރު ފަހު ކޮޅު ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

Ads by Allied Insurance
  1. ށަވިޔަނި

    އިސްލާޙު ނުކުރާނެނުން ކުރުދޮށިން މަސްބާނަންޖެހޭ އަޢްވާނުން ރުއްސަން