މޮސްޓާ ޔާސިރަށް: ހީރޯއެއްގެ ދަރިފަސްކޮޅުން އައިސް ފިނޑިވުން މާ ހުތުރު!
ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުންކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ނުރުހުން ފާޅުކުރެއްވުމުން، މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އޭނާއަށް ރައްދު ދެއްވައިފިއެވެ.
ޔާސިރަށް ރައްދު ދެއްވައި މޮސްޓާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކުޅުދުއްފުށި ބޮޑު މުހައްމަދު ފަދަ، ރާއްޖޭގެ މިނިވަންކަމަށް ވަކާލާތު ކުރައްވައި، އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވައި ހައްގު ޖިހާދެއް ކުރެއްވި ވަރުގަދަ "ހީރޯ" އެއްގެ ދަރިފަސްކޮޅުން އައި މީހަކު، ފިނޑިވެ، ގައުމު އަޅުވެތިކަމުގެ ދަށަށް ދާއިރު، އެ ވިސްނުމުގައި ހުރުން މާ ހުތުރު ކަމަށެވެ.
"ކުޅުދުއްފުއްޓާއި ތިލަދުންމަތި ކީއްކުރަން، ރާއްޖޭގެ ފަހުރެއް ކަމުގައިވާ ހުސައިން އާދަމް އެކުރި މަތިވެރި ޖިހާދަށް ޖޯކު ޖަހާ، ފިނދަނައޭ ބުނި ވަގުތު އެއްޗެއް ބުނަން ނުކެރި، އެފަދަ ބައެއްގެ ފަސްބައިގައި އެލި ތި ކުރަނީ މާ ހުތުރު އަދި ކުޅުދުއްފުއްޓާއި، ތިލަދުންމަތި ކީއްކުރަން، ގައުމީ އަބްތާލުންނާއި، ގައުމު ވެސް ލަދުވެތިވާ ހުތުރު ކަންތައް ނޫންބާ؟" މޮސްޓާގެ ޕޯސްޓުގައި ލިޔުއްވިއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލާ ހިންގަމުން އަންނަ ހަރަކާތުގައި ޝަހީދު ޙުސައިން އާދަމްގެ ފޮޓޯ ބޭނުންކުރާތީ އެކަމަށް ފާޑު ވިދާޅުވެ ޔާސިރު ވިދާޅުވީ ޝަހީދު ހުސައިން އާދަމްއަކީ ދިވެހިންގެ ބަޠަލެއް ކަމަށާއި، އަދި އޭނާއަކީ ކުޅުދުއްފުށީގެ ފަހުރެއް ކަމަށެވެ.
އަދި ޝަހީދު ހުސައިން އާދަމުގެ ފޮޓޯ ސިޔާސީ ބޭނުމަކަށް ބޭނުން ނުކުރެއްވުމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ކެމްޕެއިން ވަަރަށް ބޮޑަށް ފުޅާވެފައިވާއިރު، ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ މި ކެމްޕެއިނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިއީ ހުއްޓުވަން ޖެހޭ ކެމްޕެއިނެއް ކަމަށެވެ.
ސާބަސް ޢިއްޒަތްތެރި މެންބަރ ނަޝީދުތިޔައީ ޤައުމީލޭހިނގާ ޤައުމަށްވަފާތެރި މީހެއް ތިޢަޒުމުގާ ހުންނަވާ ބަޔަކު ޖަހާހާބެރަކަށް ނުނަށާތި. ބިރުގަންނަންޖެހޭ ފަރާތަކީ އަޅަމެން ހެއްދެވި ފަރާތް ޤައުމަށްޓަކާ ދީނަށްޓަކާ ދިވެހި ރައްޔިތުންނަށްޓަކާ އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭތި ބުނަންޖެހޭބަސް ބުނާތި
ބޮޑު ޑީލަރަކު ތިކަހަލަ ވާހަކަ ދެއްކީމަ ހާރާނެއްނުވޭ ތިމޮސްޓާ އެގޭނެ މިކުޅުދުއްފުށީ މީހުނައް މިރަށައްއައިސްއުޅެނީ ކޮންބައެއްގޮވާގެންކަންވެސްއެގޭ
މޮސްޓާ ކައިރީ އަހާބަލަ ކެމްޕަސް އިން ލަޑާލި ލާރިގަނޑު ކޮބާތޯ؟