ޚަބަރު ސިޔާސީ

ރައީސް ޔާމީން އިންޑިއާ އައުޓު ޓީޝާޓު ތުރުކުރައްވާ މައްސަލަ މަޖިލީހުން ބަލަނީ

  • އިންޑިއާ އައުޓު ކެމްޕެއިނަށް ފިޔަވަޅު އެޅުމަށް ނުރަސްމީ މަޝްވަރާތައް ދަނީ ކުރިއަށް
  • މަޖިލިސް ފެށުމުން ރަސްމީ މަޝްވަރާތައް ފެށޭނެ
  • އިންޑިއާ އައުޓު ކެމްޕެއިން ރައްޔިތުން ހިތުން ގަބޫލު ނުކުރާކަމަށް ބިގޭ ވިދާޅުވި
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހިނގައިލުމަށް ފަހު ރައީސް ޔާމީން އާންމުންނާ މުޚާތަބު ކުރައްވަނީ

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިންޑިއާ އައުޓު ޖަހައިފައިވާ ޓީޝާޓް ތުރުކުރައްވައިގެން މަގުތަކުގައި އުޅުއްވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ނުރަސްމީ މަޝްވަރާތައް ކުރިއަށްދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީން އިންޑިއާ އައުޓު ޓީޝާޓު ތުރުކުރައްވާތީ އެކަން ބިގޭ ސިފަކުރެއްވީ ގައުމަށް ނުރައްކާ ކުރިމަތިވެދާނެ އަދި މަސްލަހަތު ގެއްލޭނެ ކަމެއްގެ ގޮތުގައެވެ.

ބިގޭ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި އިންޑިއާ އައުޓު ކެމްޕެއިންގެ ކަންބޮޑުވުން އެބަ އޮތެވެ. އެހެން ނަމަވެސް މިދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރެއްކަމުން ގާނޫނީ ގޮތުން މިކަމަށް ފިޔަވަޅެއް އެޅުމުގެ މަޝްވަރާތައް އަދި ކުރިއަށް ދަނީ ނުރަސްމީ ފެންވަރެއްގައި ކަމަށް ބިގޭ ވިދާޅުވިއެވެ. އަދި މަޖިލިސް ފެށުމުން ރަސްމީ މަޝްވަރާތައް ވެސް ފެށޭނެކަމަށް އުއްމީދު ކުރައްވާކަމަށް ބިގޭ ވިދާޅުވިއެވެ.

"ގާނޫނީ އިމުގެ ތެރެއިން ވިޔަސް މިކަން މިގޮތަށް ތަން ނެތް މިނަށް ކުރަން ދޫކޮށްލައިފަ ބޭއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެމަޝްވަރާތައް ނުރަސްމީ ފެންވަރެއްގައި އަޅުގަނޑުމެންގެ މެދުގައި ވާހަކަ ދައްކާ މަޝްވަރާކޮށް އުޅެވޭ." ބިގޭ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ އައުޓު ކެމްޕެއިނާ ގުޅިގެން ރައްޔިތުންގެ މެދުގައި ވެސް ނުތަނަވަސްކަން އުފެދިފައިވާކަމަށް ބިގޭ ވިދާޅުވިއެވެ. އެގޮތުން އިދިކޮޅުގެ މިކެމްޕެއިންގައި ބައިވެރިވާ ރައްޔިތުންނަކީ އިންޑިއާ އައުޓު ހިތުން ގަބޫލުކޮށްގެން ބައިވެރިވާ ރައްޔިތުން ނޫންކަމަށް ބިގޭ ވިދާޅުވިއެވެ.

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

މިސަރުކާރުގައި އެންމެ ނުފޫޒުގަދަ މަޖިލިސް މެމްބަރުގެ ގޮތުގައި އެމްޑީޕީން ސިފަކުރާ ބިގޭ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އިސް ސަފުގައި އުޅުއްވާ ބޭފުޅުންކޮޅެއް ވިދާޅުވީމައި ބައެއް ރައްޔިތުން މަގުތަކަށް ނިކުތް ނަމަވެސް އެއްވެސް ރައްޔިތަކު އިންޑިއާ އައުޓު ގޮވުން ގަބޫލު ނުކުރައްވާ ކަމަށެވެ. ޕާޓީގެ ލީޑަރުން ކުރާ "ނުރަނގަޅު" ކަމަކަށް ތާއީދުކޮށް މަދު ރައްޔިތުން މަގުތަކަށް ނިކުންނަނީ ޕާޓީގެ ޖޯޝާއި ފޯރީގައިކަމަށް ބިގޭ ވިދާޅުވިއެވެ.

"ދެވަނަ ފަހަރަށް އިންޑިއާއަށް ދާން މިބޭފުޅުން އަމިއްލައަށް ފަސް ޖެހޭވަރަށް ކަންބޮޑުވެލައްވާ މި ހިނގާލުންތަކުގައި ބައިވެރިވާ ބޭފުޅުން ވެސް." ބިގޭ ވިދާޅުވިއެވެ.

އާސަންދައާއި އެންސްޕާގެ އެހީގައި ބޭސްފަރުވާއަށް ދަނީ އިންޑިއާއަށްކަން ބިގޭ ފާހަގަކުރެއްވިއިރު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ކެމްޕެއިނުގައި ގޮވައިލަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށެވެ.

އިދިކޮޅުން ބުނާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ ޓީޗަރުންނާއި، ޑޮކްޓަރުން އަދި ނަރުހުން ތިބުމާ ވެސް އިދިކޮޅުން ދެކޮޅެއް ނޫނެވެ.

Ads by Ooredoo
  1. ށަވިޔަނި

    ކޮންކަަމެއް ކުރެވޭނީ އެމީހަކު ތުރުކުރައްވާނެ ހެދުމެއް އެނގޭނީ އެމީހަކަށް ފުޓްބޯޅަސަޕޯޓަރުން ވެސް ތިބުނާ ގޮތުންނަމަ އެއްނަމެއް އޮތް އެއްކުލައެއްތާ ލާންޖެހޭނީ ވަރަށްސަޅި