ޚަބަރު ސިޔާސީ

އިންތިޚާބާ އެކު މިދިޔަ 50 އަހަރު ނުލިބުނު ތަރައްޤީ ކޮމަންޑޫ ދާއިރާއަށް ލިބިގެން އެބަދޭ: ޤާސިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ މަހު ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ އެކު، ކޮމަންޑޫ ދާއިރާއަށް މިދިޔަ 50 އަހަރު ވެސް ނުފެންނަވަރުގެ ތަރައްޤީއެއް ލިބިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޤާސިމް މިހާރު ހުންނެވީ، މި އިންތިޚާބުގައި އެމްޑީޕީން ވާދަ ކުރާ ކެނޑިޑޭޓަށް ކެންޕެއިންކޮށްދެއްވުމަށް ޓަކައި ކޮމަންޑޫ ދާއިރާގައެވެ. މިއަދު ހަވީރު ކޮމަންޑޫގައި އޮތް ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވަނީ މި އިންތިޚާބުގައި އެމްޑީޕީއަށް ވޯޓް ދޭން ޖެހޭ ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ސަބަބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.

އެ ޖަލްސާގައި ޤާސިމް ވަނީ މިދިޔަ އަހަރުތަކުގައި ރައީސް ޞާލިޙްގެ ސަރުކާރުން ޕްރޮޖެކްޓްތައް މަޑު ޖެހިފައިވާ ސަބަބު ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ، މިހައިތަނަށް ރައީސް ޞާލިޙަށް ވެރިކަން ކުރެވިފައި ވަނީ އެންމެ އަހަރަކު ކަމަށެވެ. ބާކީ ދިޔަ ދެ އަހަރު ދިޔައީ ކޮވިޑް-19 މެނޭޖް ކުރުމުގައި ކަމަށް ޤާސިމް ވިދާޅުވިއެވެ.

"މަޝްރޫއުތައް ސަރުކާރުން ބޭނުންވި ގޮތަށް ނުގެންދެވުނީ ކީއްވެކަން އެނގޭނެ. ކޮވިޑުގެ ނުރައްކާތެރިކަން އައިސް ޖެހުނީ ކިހިނެއްކަން އެނގޭނެ.... އެހެންވީމާ ވެރިކަން ކުރަން އަދި އެ ލިބުނީ އެންމެ އަހަރެއް" ޤާސިމް ވިދާޅުވީ ކޮވިޑް-19 ހާލަތު މެދުވެރިވެގެން ތަރައްޤީ މަޑުޖެހުމުން، ކަމެއް ނުވިޔޭ ކިޔާ އިދިކޮޅުން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.

ޤާސިމްގެ ވާހަކަފުޅުގައި ކޮމަންޑޫ ދާއިރާގެ ތަރައްޤީއާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ވިދާޅުވީ، ވޭތުވެދިޔަ 50 އަހަރު ގެއްލިފައިވާ ތަރައްޤީ މި ދާއިރާއަށް "މަތިމައްޗަށް ބަރުތީލަ ވެގެން އަންނާނީ އެއަށް ވުރެ ފުރިހަމައަށް" ކަމަށެވެ. އަދި ވިދާޅުވީ މި ތަރައްޤީ ގެނައުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. ޤާސިމް އިޝާރާތް ކުރެއްވީ އިންތިޚާބަށެވެ.

އިންތިޚާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އެމްޑީޕީން ބުނަމުން އަންނަނީ އެ ދާއިރާގައި ކުރުމަށް ނިންމައިފައިވާ ކަންކަމަކީ އެމްޑީޕީގެ މެނިފެސްޓޯގައި މާކުރިން ލިޔެފައިވާ ކަންކަން ކަމަށެވެ.

Ads by HDC
  1. ޤާސިމް އުޅެންވީނުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ އެލެވެންސް ހަތްހާސް ރުފިޔާއަށް ބޮޑުކުރަން އަދިއެއްފަހަރު މަޖިލިހަށް ވައްދަނާ މިފަހަރު އުޅެފިއްޔާ އެކަންވާނެ ތިކަމާ އުޅުމަށްވުރެ މާރަނގަޅުވާނެ

  2. ފޯކޭ

    ކަލެއަށް އެނގޭތަ ތިޔަ މަސައްކަތަކީ މިދަނޑިވަޅާ ދިމާކޮށް ވަގުތީ ގޮތުން ކުރާ މަސައްކަތެއްކަން!! ހޮވުނަސް ނުހޮވުނަސް ތިޔަ ކަން ހުއްޓާލާނެ ކަން އެ ރައްޔިތު މީހާއަށް އެގޭ 6 ން ފެށިގެން!! ކަލޭ ގަމާރުވީމަ، ނޭގެނީނު.!! ކަލެއަށް އެނގޭނީ ތޭންކިޔު ފޯރ ދަ ލައުރާ ކިޔަން!! ކަލެޔަށް ސަޕޯޓް ބަޔަކު ނުކުރޭ މޮޔަޔާ!! ކަލޭ އަތުން ލިބޭ މަންފާޔާ ހެދި އަނގައިގަ ޓޭޕް އަޅައިގެން މީހުން އުޅެނީ!!