ސިޔާސީ

ވަކި ޕާޓީއެއް ބެލުމެއް ނެތި، ޕީޕީއެމްގެ ސަރުކާރަކުން ވަޒީފާ ދޭނެ: އިދިކޮޅު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް--

ވަޒީފާއާ ގުޅޭގޮތުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅޭ ގޮތަށް އެ ޚަބަރު މީޑިއާތަކުން ގެނެސްދީފައިވާ ކަމަށް ބުނެ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Sosun Fihaara

ށ.ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެރިރަށް މާލޭގައި ބޭއްވި ބައްދަލުވުމެއްގައި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަޒީފާ ދިނުމުގައި، އެމްޑީޕީ ނުވަތަ ކޯލިޝަނަށް ތާއީދު ކުރާ މެމްބަރުންނަށް އިސްކަން ދެއްވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވެސް އެފަދަ ގޮތަކަށް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މި ވާހަކަފުޅަށް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވުމުން، އިދިކޮޅުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ،  ކޮމަންޑޫ ދާއިރާގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ޕީ.ޕީ.އެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެއް ނުވާނެ ކަމަށެވެ.

އަދި ވަޒީފާ ދެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީ.ޕީ.އެމްގެ މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެކަމަށް ކަމަށް ވިދާޅުވެފައި ނުވާއިރު، އެ ހުރިހައި ފަރާތްތަކަށް ވެސް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށް ބަޔާނުގައިވެއެވެ.

"ރައީސް ޔާމީނަކީ މިހާތަނަށް ރެކޯޑް ޢަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވައި، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވައިފައިވާ ލީޑަރެކެވެ. މީގެ އިތުރުން ވެސް، އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ހޯއްދަވައިދެއްވައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ވެސް ގެނެސްދެއްވި ލީޑަރެކެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ޒުވާނުންނާއި އަލަށް ކައިވެނި ކުރާ ކުދިންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ވެސް ހާއްސަ ސަމާލުކަމެއް ދެއްވާ، ރާއްޖޭގެ އެކި ހިސާބުގެ ބިން ހިއްކާ ބޮޑުކުރެއްވުމުގެ މަސައްކަތައްތައް ކުރިއަށް ގެންދަވާ، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ވެސް ކަށަވަރުކޮށްދެއްވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމިންކަން ފާހަގަކޮށް، ބަޔާނުގައި ވަނީ، ހަމައެއާ އެކު ރާއްޖެ މިހައިތަނަށް ދެކެފައި ނުވާ ތަރައްޤީ މިޤައުމަށް ގެނެސް ދެއްވައިފައި ވަނީ ވެސް ރައީސް ޔާމީން ކަމަށެވެ.

"އަދިވެސް އެތަރައްޤީ މިޤައުމަށް ގެނެސްދެއްވާނީ ރައީސް ޔާމީނެވެ. ވަޒީފާ ދެއްވުމުގައި ވެސް ދިވެހި ރައްޔިތުން ތަފާތު ނުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް މިފުރުޞަތުގައި ވެސް އަރުވަމެވެ." އިދިކޮޅުން ބުނެފައިވެއެވެ.

 

Ads by Ooredoo
  1. އިބްރާހީމް

    އިތުބާރެއް ނެތް. ތަޖުރިބާ ކޮށްފައިހުރި ވެރިއެއް…