ޚަބަރު ސިޔާސީ

ކެންޕެއިން ވަގުތު ހަމަވިފަހުން ކެންޕެއިންކޮށް، ވަޒީފާގެ ބިރު ދެއްކި މައްސަލަ އިލެކްޝަނަށް ހުށަހަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާދަމާ އޮންނަ ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ގުޅޭ ޝަކުވާ، އިދިކޮޅުން އިލެކްޝަންގައި ކޮށްފިއެވެ.

Ads by STELCO

އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކެންޕެއިން ވަގުތު ހަމަވި ފަހުން ކެންޕެއިން ކުރި މައްސަލައަކާއި، ވަޒީފާގެ ބިރު ދެއްކި މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފައިވާނެ ކަމަށެވެ.

އިންތިހާބާ ބެހޭ ގަވާއިދު ބުނާ ގޮތުން ވޯޓް ނެގުމުގެ ކުރީ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ އެކު ކެމްޕެއިންގެ ހުރިހާ ހަރަކާތެއް ހުއްޓާލަން ޖެހއެވެ. އެ ވަގުތުން ފެށިގެން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމެންދެން ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

ހީނާ ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި، މިރޭ އެމްޑީޕީގެ މަޖިލިސް މެންބަރު ރޮޒައިނާއާއި ނާޝިޒްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސަމީރު ވަނީ ގޭގެއަށް ގޮސް ވަޑައިގެން ކެންޕެއިން ކުރައްވައިފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާ ތެރޭގައި ވެސް ކެންޕެއިން ހަރަކާތްތައް ހިންގައިފައިވާ ކަމަށާއި އެކަމާ ދެކޮޅަށް އެރަށު ރައްޔިތުން އަޑު އުފުލައިފައިވާ ކަމަށް އިދިކޮޅުން ވިދާޅުވިއެވެ. ހީނާ ވިދާޅުވީ، އެތަނަށް ބަޔަކު އެއްވެ ނުރުހުން ފާޅު ކުރުމުން ފުލުހުން ވެސް އައި ކަމަށެވެ.

މީގެ އިތުރުން އެރަށު ފެނަކައިގެ ވަޒީފާ އަދާ ކުރަމުންދާ މީހުންނަށް ބިރު ދައްކަމުން އަންނަ ކަމަށާއި ވަކިވަކިން ފެނައިގެ މުވައްޒިފުން ހާޒިރުކޮށް، އެމްޑީޕީ ކެނޑިޑޭޓަށް ވޯޓް ދިނުމަށް ބުނެ، ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، މި މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށެވެ.

  1. ޓިނު

    ފޯޓަށް ނުފޫޒު ފޯރުވާ އިންތިހާބާ ގުޅޭ އެއްވެސް ނުރަގަޅުކަމެއް ޕީޕީއެމް އިން ނުކުރަނީތޯ ހާދަ އިހްލާސްތެރި ކިޔަމަންތެރި މެމްބަރުންނާއި ސަޕޯޓަރުން. ދެރައީ ބަތްކަތްކާ ކުޅޭއިރު އުޅޭގޮތަށް އަބަދު މައްސަލަ ޖައްސަމުން ދުވާތީ.