އަމިއްލަ ޚަރަދުގައި ޔޫކްރޭނުން އައި ފަރާތްތަކަށް ޚަރަދުތައް ހަމަޖައްސައިދެނީ

އަމިއްލަ ޚަރުދުގައި ޔޫކްރެއިނުން ރާއްޖެ އައި ދަރިވަރުންނަށް ދަތުރުފަތުރުގެ ޚަރަދުތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދޭން ނިންމައިފިއެވެ.
ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފަށައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިދިޔަ އަންގާރަ ދުވަހު ރައީސް ޞާލިޙް ވަނީ ޔޫކްރެއިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށް އަންގަވައިފައެވެ.
ރައީސް ޞާލިޙް އެ ގޮތަށް އެންގެވިއިރު، ބައެއް ދަރިވަރުން ތިބީ ޓިކެޓް ނަގައިގެންނެވެ. އަދި އޭރު ބައެއް ދަރިވަރުން ވަނީ ރާއްޖެ އައިސްފައެވެ.
ޔޫކްރޭނުން 25 ދަރިވަރަކު މިއްލަ ޚަރަދުގައި އައިސްފައިވެއެވެ.
ޔޫކްރެއިންގެ ހާލަތު ގޯސްވިއިރު، އެ ޤައުމުގައި 27 ދަރިވަރަކު ތާށިވެފައި ތިއްބެވެ. އޭގެ ތެރެއިން 15 ދަރިވަރަކު އައީ ހަންގޭރީ މަގުންނެވެ. އަދިވެސް އެ ޤައުމުގައި 12 ދަރިވަރަކު ތާށިވެފައި އެބަތިއްބެވެ. އެ ދަރިވަރުން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ޢަސްލުތީވަރަންރަގަޅުކަމެތް