ރާއްޖޭގެ މިފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ އެއް މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެންމެ ބޮޑު މަންފާއެއް ލިބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށްކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ސިޔާމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާއިން އެންމެ ބޮޑު މަންފާއެއް ލިބުނު ބޭފުޅަކު މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި އިންނަވައި، އެ މައްސަލަ ބަލަންޖެހޭކަމަށް ވިދާޅުވުމުން ދައްކުވައިދެނީ އަނިޔާވެރިކަން ގޮސްފައިވާ ހިސާބުކަމަށެވެ.
"ކިހިނެތްތޯ އެ މަނިކުފާނު ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އިންނަވައިގެން އަދުލުއިންސާފެއް ގެންނާނީ. އަދުލުއިންސާފު ގެނެވޭނެ ގޮތެއް ތިބޭފުޅުން ވިސްނާބައްލަވާ،" ސިޔާމް ވިދާޅުވިއެވެ.
ސަން ކުންފުނީގެ ވެރިޔާ ސިޔާމް މީގެ އިތުރުން ވިދާޅުވީ އެމްޑީއޭއިން ތާއީދުކުރާ ސަރުކާރެއްގައި ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ނުތިއްބަވާނެ ކަމަށެވެ.
ތިޔަވިދާޅުވަނީ ރައީސްޔާމީނުގެވެރިކަމަށްސަޕޯޓްނުކުރާވާހަކަތޯއެވެ އޭރުވެސްޖުޑިސަރީއޮތީހަމައެގޮތަށް
ކަލޭ އަނގަފެޅީ ކަލޭގެ ޕާސްޕޯޓު ހިފެއްޓީމަ.
ޜައްޔިތުން އިނގޭ ކަލޭމެން ތި ކުޅޭ ކުޅިގަނޑު.
ށިޔާމޫ… ހާދަ އަބަހަކަށް ތި ފަލާ އަރުބާލީ. ތީ ބޭފުޅާ ބަގުތު ފާއިތު ނުވަނީސް ތިފަޅާ އަރުވާލީ