ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިރުބަވެރި ހަމަލާއެއް އަމާޒުވުމުން އެކަން ޖޯކަކަށް ހައްދަވައިގެން އެމްޑީޕީގެ ބައެއް މެންބަރުން ހީސަމާސާ ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް، މިދިޔަ އަހަރުގެ މެއި މަހު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ހަށިކޮޅަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ.
އަދި އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ކުރެއްވުމަށް ފަހު، ޖަރުމަނުވިލާތާއި އިނގިރޭސިލާތަށް ވަޑައިގެން ވެސް އެ މަނިކުފާނު ވަނީ ފަރުވާ ހޯއްދަވައިފައެވެ.
އެމްޑީޕީގެ ޗެއާޕަރސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޓީމުގެ ތަރުޖަމާނުކަން ވެސް ކުރައްވައި މެންބަރު ވައްޑެ، މިރޭ ބޭއްވި ކެމްޕެއިން އިވެންޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާދިން ރޭ މަޖިލީހުގައި އޮތް ކުއްލި ޖަލްސާއަށް ވަޑައިގެންނެވިއިރު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންގެ ކިބައިން ވެސް ފެނުނީ ހިތާމައާއި މާޔޫސްކަން ކަމަށެވެ. އަދި ހުރިހާ މެންބަރުން ވެސް އެ ވަގުތު ދައްކަވަމުން ގެންދެވީ ނަޝީދުގެ ފުރާނަފުޅު ސަލާމަތް ނުވެދާނެތީ އެކަމުގެ ކަންބޮޑުވުމުގެ ވާހަކަކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.
ނަމަވެސް އެ ނޫން މަންޒަރެއް މަޖިލީހުގެ ކާކޮޓަރި ތެރެއިން ފެނިވަޑައިގަތް ކަމަށާއި އެއީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައެއް މެންބަރުން ޖޯކަކަށް ހައްދަވާ ހީސަމާސާ ކުރެއްވުން ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.
"މަޖިލީސްގެ ކާކޮޓަރި ތެރޭގައި ހީސަމާސަ ކުރާވަރުން ކެތްނުވެގެން އަޅުގަނޑު ނިކުތިން އެ ތަނުން. އެ ހީސަމާސާ ކުރި މީހުން މިއަދު މި ޕާޓީ އެއްބައިކުރާށޭ ކިޔައިގެން އެ ދައްކާ ވާހަކަތަކުގައި ތިޔަ ބޭފުޅުން ޖެހިވަޑައިނުގަންނަވާތި،" ވައްޑެ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަރުކާރުގެ ތެރެއިން މާސީރިއަސް ކަމެއް ނުފެންނަ ކަމަށް މީގެ ކުރީން ވެސް އެމްޑީޕީ ތެރެއިން އެ މަނިކުފާނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
އަމިއްލަފުޅަށް ތިހެން ވިދާޅުވީމަ ގަބޫލުކޮށްފިން
ތިޔަވާނީ އެމްޑީޕީއަށް އެތެރޭގެ އިންތިހާބުތަކަށް ވޯޓުލާން ވަންނަ އެހެން ޕާޓީތަކުގެ މެންބަރުންނަށް. އެމްޑީޕީ މެންބަރުންނަކީ ރައީސް ނަޝިދަށް ވަރަށް އިޚުލާސްތެރިބައެއް. ޙާއްސަކޮށް ނަޝީދުދެކެ އިންތިހާއަށް ލޯބިވާބައެއް. ހަގީގީ އެމްޑީޕީ މެންބަރުން ތިޔަފަދަ ނާތަހުޒީބު ކަންކަމެއް ނުކުރާނެކަން 100% ޕަސެންޓް ޔަގީން.
މިކަލޭގެ މިހުރީ ސިކުނޑި ގޮވާފަ ! ދެންތިހެން ސަޕޯޓްކުރަމުންގޮސް ފިރުއަވްނުގެ ޒަމާނުގެ ސަޤާފަތް އާލާނުކޮށް ހުށްޓާލާނެބާ؟މިހާރުވެސް ﷲގެޒިކުރު އާކުރާންވާހަކސ ދަށްކާއަޑެއްނީވޭ!
އޭގެބަދަލު ތަސްބީހައެއްހެން .ނަޝީދު.ނަޝީދު ކިޔަކިޔާތިހުންނަނީ! އެއްމެފަހަށް ކަލާނގެ ވަނތަ ކަލާންގެ އަށް ނުހަދާ މައިތިރިވާނެބާ؟