ނަމާލު ރާއްޖޭގައި މަޖާކުރާތީ ލަންކާ ރައްޔިތުން ރަތަށް!
ސްރީލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތު ފޯލިއޯ އަދި މިނިސްޓަރ އޮފް ކޯޑިނޭޝަން އެންޑް މޮނިޓަރިން، ލަކްޝްމަން ނަމާލް ރާޖަޕަކްޝަ ރާއްޖޭގައި މަޖާކުރާތީ ލަންކާގެ މީސްމީޑިއާގައި އޭނާ ހޫނު ފެނަށް ވެއްޓިއްޖެއެވެ.
ނަމާލު ރާއްޖެ ވަޑައިގެންފައި ވަނީ، ސްޕޯޓްސް އެވޯޑް ހަފްލާއަށެވެ. އޭނާ ވަނީ އިއްޔެ ރާއްޖޭގައި ފްލައިބޯޑިން އަދި ޖެޓް ސްކީ ދުއްވައިފައެވެ. މި ފޮޓޯތައް މީސްމީޑިއާގައި އާއްމުވުމާ އެކު ގިނަ ބައެއްގެ ފާޑު ކިޔުން ނަމާލަށް އަމާޒުވިއެވެ.
ޓްވިޓަރގައި ޚިޔާލުފާޅު ކުރި އެކަކު ބުނެފައި ވަނީ، ލަންކާއަށް އިޤްތިޞާދީ ބޮޑު ކާރިސާއެއް އައިސްގެން އުޅޭހެން ނަމާލަށް ހީވެސް ނުވާ ކަމަށެވެ. އެހެން މީހަކު ބުނެފައި ވަނީ، ރައްޔިތުން އަނގަޔާއި އަތާ ދިމާނުވެގެން އުޅޭއިރު، ރާއްޖެ ފަދަ އަގު ބޮޑު ޤައުމަކަށް ލަންކާ މިނިސްޓަރަކު ވަޑައިގަތުމަކީ ދެރަވަރުކަމެއް ކަމަށެވެ.
މިކަމާ ގުޅޭ ލަންކާގެ އޮންލައިން ނޫހަކަށް ނަމާލު ވިދާޅުވީ، ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދައުވަތަކަށް ކުރެއްވި ދަތުރަކަށްވީ ނަމަވެސް ސަރުކާރުގެ ޚަރަދުގައި ވަޑައިގެންނެވި ދަތުރެއް ނޫން ކަމަށެވެ. އަދި ރާއްޖެ ވަޑައިގަތުން ނަމާލު ދިފާއު ކުރެއްވިއެވެ.
"މިދިޔަ ދޮޅު އަހަރެއްހައި ދުވަހު ލަންކާއިން ވަނީ ރާއްޖެއާ ހަރުދަނާ ގުޅުންތަކެއް ޤާއިމްކޮށްފައި، ރާއްޖެއަކީ މުހިންމު އެކުވެރިއެއް، ޓޫރިޒަމުން ނަމޫނާ ނެގޭނެ ބައެއް. ވަޒީފާގެ ފުރުސަތުތައް ގިނަ ތަނެއް." ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލު ވިދާޅުވިއެވެ.
ލިޔުން ރަނގަޅު އެކަމު ލިޔުމުގެކުށް ގިނަކަމުން ކިޔާލަންތަންކޮޅެއް އުނދަގޫ
ކޮން ހައިސިއްޔަތަކުން ވަޑައިގަތް ބޭފުޅެއްތޯ؟ ބަޖެޓުން ކާލައިގެން ގެއައްދާން ދެއްތޯ؟ ދެން މަހޭގެ ދަރި ގެންދާނެ ސާންސްކްރިޕްޓް ތިކިޖެހި ތާނަ ކިޔަވަން.
މަހުލޫފުވެސް ތީ އޭގެ މީހެއް، ދުނިޔެ ބޮޑު ހަންގުރާމައެއްގެ ތުންފަތްމަތީ އޮތް އިރު މިކިއަނުން ފައިސާ ޚަރަދު ކޮށްފި އެވޯޑެއް ބާއްވަން. އެއްވެސް އެހާ ފީކަޅަ މޫހި އެއްވެސް ދިރުމެއް ނެތް އިންތިހާއަށް ދިގު ލައިގެން ދިޔަ ފޫހި ހަފުލާއެއް.
މަހޭ ބޭއްވި އެވޯޑު އިވެންޓް ވަރަށް ސުމެއް. އިންތިޒާމްތައް ވެސް ސުމެއް. ޑެ އައިޓަމް ދޭތެރޭ ހުސއވަގުތު ގިނަވުމާ ލައިޓިންގ އާ ކަވަރޭޖްވެސް ހަމަ ސުމެއް