ޚަބަރު ސިޔާސީ

މުޒާހަރާކުރުމަކީ ކުށެއް ކަމަށް ކޯޓުން ޤަބޫލެއް ނުކުރޭ: ޝިޔާމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް/ ފޮޓޯ: ދެން އިމޭޖްސް

މުޒާހަރާ ކުރުމަކީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްޤެއް ކަމަށާއި މުޒާހަރާކުރުން ،  ޝަރީޢަތުގެ މަޖިލީހުގެ ފަނޑިޔާރުން ވެސް އެއްފަހަރު ވެސް ކުށްވެރި ނުކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިދިކޮޅު ކޯލިޝަނުން މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ މުޒާހަރާކުރުން ހުއްދަ ކަމަށް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ވެސް ވިދާޅުވިކަމަށެވެ.

"ކުށް އުފެއްދީ ޕޮލިހުން. އުފައްދައިގެން އަޅުގަނޑުމެންގެ 17 ބޭފުޅުން އަދިވެސް ތިބީ ހައްޔަރުގައި. އަޅުގަނޑު މި ވާހަކަ ދައްކާނަން. މިހުރިހާ ބޭފުޅުން މިހާރުން މިހާރަށް ދޫކޮށްލަން އަޅުގަނޑު ގޮވައިލަން" ޝިޔާމް ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނު ހަރަކާތުގައި ބައިވެރިވާ ފަރާތްތަށް ވެސް އިތުރުވަމުން އަންނަކަން މިރޭގެ ޖަލްސާގައި ޝިޔާމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޝިޔާމް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތުގައި މިހާރު ބައިވެރިވަނީ ހަމައެކަނި އިދިކޮޅު ފަރާތްތަކުން އެކަންޏެއް ނޫން ކަމުގައެވެ.

"އިންޑިއާ އައުޓްގެ ނަމުގައި ރައީސް ޔާމީން މި ފެއްޓެވި ހަރަކާތުގައި މިއަދު ބައިވެރިވަނީ ހަމައެކަނި ޕީޕީއެމް، ޕީއެންސީއަށް އަދި ރައީސް ޔާމީނަށް ސަޕޯޓު ކުރައްވާ ބޭފުޅުން އެކަންޏެއް ނޫން. ރައީސް ޔާމީންގެ މި އިސްނެންގެވުމާ އެކީގައި އަޅުގަނޑުމެންނަށް މި ފެންނަނީ ދިވެހިރާއްޖޭގައި އެކި ޕްރޮފެޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް މިއަދު މި ޤައުމީ ހަރަކާތުގައި ބައިވެރިވާތަން" ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ސައީދާއި ޣައްސާން މައުމޫން ހައްޔަރު ކުރުން ވެސް ޝިޔާމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައި އެބޭފުޅުންނާ މެދު ފުލުހުން ޢަމަލު ކުރި ގޮތް ކުށްވެރި ކުރައްވައިފައެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ، ހެދިފައި ހުރި ޤާނޫނުތަކާ ހިލާފަށް ދެ ބޭފުޅަކު ރޭ އިރާކޮޅުގެ ވަގުތެއްގައި ހައްޔަރު ކުރި ކަމަށެވެ. އަދި ޤާނޫނާ ޤަވާއިދުގައި ވަކި ގޮތަކަށް އަމަލު ކުރަން އަންގައިފައި ވަނިކޮށް، ސަރުކާރުން ބުނާހާ ގޮތަކަށް މިހާރު ފުލުހުން އަމަލު ކުރަމުންދާކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

Ads by Ooredoo
  1. އަލިހޮއްކޮ

    އެހެންވީމާ ކޯޓުން މުއްދަތު އެޖެހީ މުޒާހަރާ ނޫން ކަންތައް ކުރީމައެވެ. ޑްރަގް ޑީލް ކުރުމާއި ބިންގަރާހުގައި ފޮރުވުމަކީ ހަމަ ގައިމުވެސް ކުށެކެވެ. ކޮންމެވެސް ޖުރުމެއް ތިޔައޮތީ ހިންގާފައެވެ.

  2. ބޭބެ

    ލަށްބަ ތިޔައީތެދެއް!
    ތިޔައީ މާފިޔާ ގުރޫޕެއްކަމުގެ ތުހުމަތު އެތަށްބަޔަކު ކުރޭ !
    ތިޔަގުރޫޕްގެލީދަރަކީ ދުނިޔޭގެ ނިސްބަތުން މާފިޔާގޭންގުގެ އެންމެ ބޮޑުންގެ އެކަކުކަމަށް ރެކޯޑުކުރެވިފައިވާ ބައިގަނޑުގެ މީހެއް! ކަމަށް ވަރަށްގިނަބައަކު ތުހުމަތުކުރޭ؟
    މާލޭގެ ބޮޑެތިގޭންގުތަށްހިންގުމުގެ މޭސްތިރިޔާ ގެ އިރުޝާ ދަށް ކަންކުރާ ބޮޑެއްތީވެސް!އ
    އެކަން ވަރަށްފުރިހަމައަށް އެނގޭ އެތަށް ބަޔަކު އެބައުޅޭ!
    ތިޔަގުރޫޕްގެ އާއްމުދަނީއަކީ ވައްކަމާއި ޑުރަގުކަންވެސް އެގޭ! ނޭވާހޮޅިއަށް މުޒާ ހަރާ ކުރީވެސް ޤަވްމަށްޓަކާ އެއްނޫން! ޑުރަގަށްޓަކާ !
    ތިޔަނައިފަރުދާއިރާގެ ބޭފުޅާ ތޯ8.25އަށް ތެޔޮނަގާފަ
    23ރ ރޭޓުން ޔާމީނުދަވްރުގަ ސަރުކާރުން ފައިސާ ަގައިގެން ޔާމީނަށްބައިއެޅީ މަނިކުފާނުތޯ؟
    މާލޭގެ ގޭންގެއްގެ ލީޑަރެއްތޯ ނަރިސްއަކީ އަދިބޯފަން އައްޅޯއަކީ؟ އަދި 13 ޗެނަލްގެ އަރާ އެއަނގަތަޅާ ގުރޫޕަކީ؟
    ހުސް ސުވާލު.ސުވާލު ސުވާލު.؟