ޚަބަރު

އިންޑިއާ އައުޓް މުޒާހަރާގެ ބައެއް ބައިވެރިންނަށް ހަތް ދުވަހުގެ މުއްދަތު ޖަހައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ނޭވާހޮޅިއަށް" ނަމުގައި އިއްޔެ އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެންޕެއިން ހަރަކާތުގެ ތެރެއިން ފުލުހުންގެ ހައްޔަރަށް ގެންދިޔަ ދެ މީހަކަށް ހަތް ދުވަހުގެ ބަންދެއް ކޯޓުން ދީފިއެވެ.

Ads by Hajj Corporation

އިއްޔެގެ ހަރަކާތުގެ ތެރެއިން 17 މީހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ، އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށާއި އަދި ހަ މީހަކު ޝަރުތުތަކާ އެކު ދޫކޮށްލައިފައިވާ ކަމަށެވެ. ދެން ތިބި މީހުންގެ ތެރެއިން ފުލުުހުންގެ ބަންދުގައި ބެހެއްޓުމަށް، ހަތަރު މީހަކަށް ދެ ދުވަސް، ތިން މީހަކަށް ތިން ދުވަސް، ދެ މީހަކަށް ހަތް ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން މިރޭ ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައި ވަނީ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ފަރާތްތައް ކަމަށެވެ.

ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރު ހިމެނެއެވެ. ޣައްސާން އަދި ސައީދު މިރޭގެ ވަގުތެއްގައި ޝަރުތުތަކެއް ކުރުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ. އިއްޔެގެ މުޒާހަރާއިން ހައްޔަރު ކުރި މާލޭގެ ޑެޕިއުޓީ މޭޔަރުގެ ނަރީޝްއަށް ދެ ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. އަދި ޕީޕީއެމް ހަރަކާތުގެ ކޮމިޓީގެ ޗެއަރ، މުހައްމަދު އިސްމާއީލް ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ދީފައި ވެއެވެ.

Ads by Allied Insurance
  1. 7ދުވަސް

    މިސަރުކާރު ނޭވާހޮޅިއަށް އެޅުނީމަ އަނިޔާވެރިކަން އިންތިހާއަށް ހިނގައްޖެ،މިމައްކާރު ސަރުކާރު ނުރުހޭމީހަކު ފުށަކަށް ގުޑާނުލެވޭވަރު ކުރިއަސް ފަސްޖެހޭނެ ކަމަށް ހީނުކުރާތި! އުމުރުދުވަސްޖެހިއަސް އެންމެފަހުމީހާއާޖެހެންދެންވެސް ގައުމީޖިހާދު ކުރާނަން މާތާހިރު ބައެއްނޫން މިމައްކާރުސަރުކާރުގާ ކޯލިސަންހެދިގެން ތިބީކީވެސް ދުނިޔޭގަ ހެއްދެވިއްޔާ ހެއްދެވިހާ ނުބައި ކަމެއް ކޮށްގެން ތިބި ބައެއް އެއީ، އެންމެ މަތީން ފެށިގެން އެންމެ ތިރީގާވެސް ތިބީ ހަމަ އެއްވަރުގެ މީހުން ސަހަލު މީހަކު ވެރިކަން ކުރާ ބަިގަނޑުގާ ނެތް.