ޚަބަރު ސިޔާސީ

އުތުރު ތިލަފަޅުގައި ހުރި މިސްކިތުން ބަންގީގެ އަޑު އިވޭ ކަމަށް ވެސް ޝައްކު: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

މާލެ ކައިރީ އިންޑިއާއިން ތަރައްޤީ ކުރަމުން އަންނަ ޑޮކްޔާޑް އޮންނަ އުތުރުތިލަފަޅުގެ މިސްކިތުން ބަންގި ގޮވާކަމަށް ވެސް ޝައްކު ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ކެންޕެއިންނާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވައިފައެވެ. ގަޑިއިރަކަށް ދެމިގެން ދިޔަ މި ވާހަކަފުޅުގައި، އިންޑިއާއިން ތަރައްޤީ ކުރަމުން އަންނަ ޝިޕިން ޑޮކްޔާޑްއާ ގުޅޭ ގޮތުން ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

މިގޮތުން ވިދާޅުވީ، އިންޑިއާ އަސްކަރީ މަރުކަޒެއް ރާއްޖޭގައި އަޅަމުންދާ ކަމަށް މިހާރު ޔަޤީން ވެފައިވާ ކަމަށެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ، ރައީސް ނަޝީދު ދާދި ފަހުން މަޖިލީހުގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ. ރައީސް ނަޝީދު ވިދާޅުވީ، އަސްކަރީ މަރުކަޒެއް ހުރެގެން ތަރައްޤީއަށް އެޅޭނެ ހުރަހެއް ނެތް ކަމަށާއި ދުނިޔެ އެކަމަށް ހެކިވާނެ ކަމަށެވެ. މި ވާހަކަފުޅަށް ރައްދު ދެއްވަމުން، ވަކި ބޭފުޅެއްގެ ނަން ބޭނުންފުޅު ނުކުރައްވައި ރައީސް ޔާމީން ވިދާޅުވީ، "އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހުރުމަކީ ރާއްޖޭގެ ސުލްހައަށް އެންމެ ބޮޑު ހައްލޭ" ވިދާޅުވެ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހުރި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިންގެ ބޭނުމަށް ދިވެހިން ހިއްކައިފައި އޮތް ބިމެއްގައި ކޯސްޓްގާޑް ޑޮކްޔާޑެއް ހަދަންކަމަށް ބުނެ އިމާރާތް ކުރުމަށް 30 އަހަރު ނުދޭނެ ކަމަށެވެ. އަދި ރިސޯޓެއް ތަރައްޤީ ކުރަން ދެނީ 24 މަސް ދުވަސް ކަމަށް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޑޮކްޔާޑަކީ ޖައްވަށް ދާން ނޫނީ މިސައިލް ފޮނުވަން ހަދާ ތަނެއް ނޫން ކަމަށް ވިދާޅުވެ ވިދާޅުވީ، އެތަން ހަދަން އެހައި ގިނަ ދުވަސް ނުނަގާނެ ކަމަށެވެ.

އުތުރުތިލަފަޅުގައި އިންޑިއާގެ ނުފޫޒު އޮތް ކަމަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދު އުތުރުތިލަފަޅުގައި ހުރި މިސްކިތުން ބަންގީގެ އަޑު އިވޭކަމާ މެދު ވެސް ޝައްކުު ކަމަށެވެ.

"މިއަދަކު ނޭނގެ އެތާކައިރިން ދާއިރު ބަންގީގެ އަޑު އިވޭ ކަމެއް ވެސް. އެތަނުގައި ހުޅުވައިފައި ހުރި މިސްކިތުން ބަންގީގެ އަޑު އިވޭކަމާ މެދު ޝައްކު" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އިންޑިއާއަކީ ވެސް މައްސަލަތައް ގިނަ ގައުމެއް ކަމަށާއި އެ ގައުމުގައި އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.

"ތަޙްލީލު ކުރުމުގެ އެއްވަނަ ދެވަނަ ތިންވަނައިގައި އުޅޭ ބައެއް ނޫނޭ އިންޑިއާއަކީ. އިންޑިއާއަކީ އެ މީހުންގެ އަމިއްލަ ބައިވަރު މައްސަލަ ހުރި ބައެކޭ. އެ މީހުން ޖައްވަށް ވެސް މީހުން ފޮނުވަފާނެ. އެހެން ކަންތައް ވެސް ކޮށްފާނެ، މޮޅު މީހުން ނެތެކޭ ނޫން. އެކަމަކު އެހެން ޤައުމަކަށް އައިސްގެން، މިވަރުގެ ޒިންމާތަކެއް، މަސްއޫލިއްޔަތުތަކެއް އުފުލޭވަރުގެ ބައެއް ނޫނޭ މިއިކީ."

Ads by HDC
  1. އަފޫރު

    ބަންގީގ އަޑ ނީވިގެންތ ކަލ މިސްކިތަށ ނުދަނީ

  2. ބަންގި

    ބަންގީގެ އަޑު އިވިގެން ކަލޭ ނަމާދަށް ދިއައިންތަ ؟ ބަންގި ނުގޮވާވާހައިވުނީމާ ހާދަ ވަރެއް ވެއްޖެއޭދޯ، ބަންގި ނުގޮވާވާހަކަ އެއީހަމަދައްކަން ޖެހިއްޖެ ވާހަކައެއް، ފުރަމާލޭގާ އެހުރި އިސްލާމީމަރުކަޒުގާވެސް ބަންގި ނުގޮވާ ހަދައިފި ޑިއުޓީ އޮޅިގެނޭ ކިއައިގެން، އެހެންވެއެއް ނޫން އެވެސް ވާނީވެރިކަން ގަނެދިން އިންޑިއާގެ ފަރަންޖީން ބުނެގެން އެއްބަންގި ނަމަވެސް ނުގޮވާ ދޫކޮށްލީ ކަމަށް ބައެއް މިސްކިތްތަކަށް ބަނގީގެ އަޑުމަޑު ކުރަންވެސް އެނގި ސަރުކާރެއް މިއޮތީ.