ޚަބަރު ސިޔާސީ

ރައީސް ޞާލިހަކީ ގައުމު މިހައިތަނަށް ދުށް އެންމެ ބޮޑު ޚާއިނު: އަދުރޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަކީ ދިވެހި ގައުމު މިހައިތަނަށް ދުށް އެންމެ ބޮޑު ޚާއިނުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަބްދުއްރަހީމް މިހެން ވިދާޅުވީ އިންޑިއާގެ އެހީގައި ރާއްޖޭގައި އެޅި ޕޮލިސް އެކަޑެމީ ހުޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާދަމާގެ ދިވެހި ދަރީން މިއަދުގެ ތާރީހު ލިޔާނީ ގައުމުގެ ވެރީން އަމިއްލަ އެދުމަށް ޓަކައި މިނިވަންކަން ނަގައިލައި އިންޑިޔާގެ އަޅުވެތިކަން ބަލައިގަތް ކަޅު ދުވަހުގެ ގޮތުގައެވެ.

އައްޑޫގައި އެޅި ޕޮލިސް އެކަޑެމީއަކީ އެގައުމުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާނެ ތަނެއް ކަމަށް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވަނި ތުހުމަތުކޮށްފައެވެ.

ޕޮލިސް އެކަޑެމީ އެޅުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނަމަވެސް، އޭރު އެތަން އެޅުމަށް އެއްބަސްވި ޑިޒައިނަށް ބަދަލު ގެނެސްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ތުހުމަތު ކުރެއްވިއެވެ.

ޕޮލިސް އެކަޑެމީ މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 300 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައެވެ.

  1. އަލަމާރި

    ބޮޑު ޓިނު ގުދަން، ޓިނު ކަނބަޑު

  2. ބޭބެ

    އެކަމު އަދުރޭ ދިވެހިތާރީޚް ކަޅުޞަަފްހާއަކުން ލިޔެވިގެން
    ދިޔައީ އަނިޔާވެރިކަމަށް ޔާމީނާއި އޭނަގެ ބައިވެރިން!
    އިންސާނިއްޔަތަށްވެސް ބޮޑުބިރަކަށްވެފައި އެދުވަސް ވަރުވަނީ!
    ތިޔަޖާހިލު ޚާއިނުން ނުކުރާ ނުބައި ކަމެއް ހިއެއްނުވޭ އިތުރަކަށްއޮންނާނެހެން!

  3. ފުވައްމުލަކުމީހާ

    މިގައުމުދުއްއެންމެބޮޑޚާއިނަކީޔާމީނުވަގަކީވެސްޔާމީނު