ޚަބަރު ސިޔާސީ

"ބަޣާވާތް ކުރުމުގެ ހުތުރު ފަސްބައެއް އޮތީ ކޮންބައެއްގެ ކިބައިގައިކަން އެމްޑީޕީ މެމްބަރުންނަށް ސާފު"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރު ވައްޓައިލާން ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވުމުން އިންތިގެ ޓީމުން ރައްދު ދެއްވައިފިއެވެ.

Ads by STELCO

އިންތިގެ ކެމްޕެއިން މެނޭޖަރު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ވައްޓާލުމާއި ބަޣާވާތް ކުރުމުގެ ހުތުރު ފަސްބައެއް އޮތީ ކޮންބައެއްގެ ކިބައިގައިކަން އެމްޑީޕީ މެމްބަރުން ނިކަން ރަނގަޅަށް ހަނދާން އެބަހުރި ކަމަށެވެ. އަދި 2012ވަނަ އަހަރު މަވޯޓާ ޝަރީފް ޑީއާރުޕީގައި ހުންނެވިއިރު ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯއެއް ހިއްސާ ކުރެއްވިއެވެ.

ވައްޑެ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ ޤައުމީ އިހުތިފާލުތައް، ޕާޓީގެ އެތެރޭގެ ކެމްޕޭން ހަރަކާތަކަށް ބަދަލުކޮށް ލެއްވުމަކީ ބޮޑު ގޯހެއް ކަމަށެވެ. އަދި އެގޮތަށް އެކަން ތަކުރާރުވަމުންދާތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވެސް ބައިވެރިވެ ވަޑައިގެންނެވި ، އައްޑޫ މަރަދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ޖަލްސާގައި މަވޯޓާ ޝަރީފް ވިދާޅުވީ، އެމްޑީޕީ ތެރޭގައި އުޅޭ ބައެއް ފަރާތްތަކުން ސަރުކާރު ވައްޓައިލާން މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ބަޔަކު ބޭނުން ކުރަމުން ދަނީ ތިލަފަތުގެ ރަމްޒު، މި ޝިއާރު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގައި އެބަތިބި ތިލަފަތުގެ ރަމްޒޭ ކިޔާ ބަޔަކު ރައްޔިތުން ބަނޑަށް ޖެހުނަސް ސަރުކާރު ވައްޓައިލާން ބޭނުންވާ." މަވޯޓާ ޝަރީފް ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރު ވައްޓައިލިޔަ ނުދެއްވާނެ ކަމަށެވެ. ތިލަފަތުގެ ރަމްޒަކީ އިންތިގެ ކެންޕެއިން ޝިއާރެކެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ކެންޕެއިން ފޯރި ވަރަށް ގަދަވެފައިވާއިރު، އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ ބަހުގެ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.

Ads by Allied Insurance
  1. ލާމު

    އަންނިގެ ޢާއިލާގެ ފަސްބައި ކިލަނބުވެފައި އޮތީ ތިކަމުގައި.

  2. އަލިފު ޙާ!

    ކެނެރީގޭ އާއިލާގައި! އެޑޭ އެއް މިޑޭ އެއް ވަށްޑޭ އެއް ނޯންނާނެ! މައުލޫމާތު ރަނގަޅަށް ސާފުކުރޭ އޭރުން ތިޑޭގައި އިންސާނީ ސިފަ ހުރިއްޔާ ލަދުގަންނަން ޖެހޭނީ ތިޑޭ!!! އެއީ ކެނެރީގޭ އާއިލާ އަކީ ބަޣާވާތުގެ އެވޯޑު ލިބިފައިވާ ބައެއް! ޝުކުރިއްޔާ!