ފެނަކަ އޮފީހުގައި ކެމްޕެއިން ބައްދަލުވުމެއް ބޭއްވި މައްސަލައެއް ބަލައިދޭން އެދިއްޖެ
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ޓީމުން ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ކެންޕޭން ބައްދަލުވުމެއް ބޭއްވި މައްސަލަ ބަލައިދޭން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ގޮވައިއިލައިފިއެވެ.
މި މައްސަލަ ބަލައިދޭން ގޮވައިލައިފައި ވަނީ ފައްޔާޒާ އެކު ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޓީމުންނެވެ.
އިމްތިޔާޒުގެ ކެމްޕެއިން ޓީމުން ބުނީ މި މަހުގެ 5ވަނަ ދުވަހު ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ފައްޔާޒުގެ ކެންޕޭން ބައްދަލުވުމެއް ބާއްވައިފައިވާ މައްސަލަ ބަލައި، ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުމަށް އިމްތިޔާޒް ފަހުމީގެ ކެންޕެއިން ޓީމުން ދިވެހި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުންނާއި، އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީއަށް ގޮވައިލާ ކަމަށެވެ.
އަދި ވާދަވެރި ކެންޑިޑޭޓުގެ ކެންޕެއިންގައި ޝާމިލުވާ ފަރާތްތަކުން ސޯޝަލް މީޑިޔާގައި އެ ބައްދަލުވުމުގެ ފޮޓޯއާއި، ޚަބަރު ޓްވީޓުކޮށްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ ދައުލަތުގެ ވަސީލަތާއި، މުދަލާއި، މުއައްޒަފުން ކެންޕެއިނަށް ބޭނުންކުރުމުގައި ކުޑަވެސް ޖެހިލުމެއް، ލަދެއް ނެތި ކަމަށެވެ.
މީގެ އިތުރުން އެ ޓީމުން ބުނީ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގައި އިމްތިޔާޒް ފަހުމީއަށް ތާޢީދުކުރާ ފަރާތްތަކަށް ވަޒީފާގެ ބިރުދެއްކުމާއި، ވާދަވެރި ކެނޑިޑޭޓްގެ ކެންޕޭނަށް ދައުލަތުގެ ވަސީލަތާއި، މުދަލާއި، މުއައްޒަފުން ބޭނުންކުރާކަމުގެ މަޢުލޫމާތު އެ ކެންޕޭން ޓީމުން ފާހަގަކުރަމުންދާ ކަމަށެވެ.
އިންތި ހޮވާނަން އިންޝާﷲ
އިންތި ނުހޮވޭނެ