މި ސަރުކާރު ގެނައީ ރައީސް ޔާމީން ގޮޅިއަށް ލާންވެގެން: ޖާބިރު
ބުރަ މަސައްކަތް ކޮށްގެން މި ސަރުކާރު ގެނެސްފައި ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މި ފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެމްބަރު، އިސްމާއިލް އަހުމަދު ހުށަހަޅާފައިވާ ކުންފުނީގެ ބިލަަށް ބަހުސް ކުރައްވަމުންނެވެ.
ޖާބިރު ވިދާޅުވީ މި ސަރުކާރު ގެނެސްފައި ވަނީ މުދާ ގުރުބާންކޮށްގެން ކަމަށާއި މި ސަރުކާރު ވެއްޓޭ ތަން މިހާރު ފެންނަމުންދާ ކަމަށެވެ. އެހެންކަމުން ރައީސް އަބަދުﷲ ޔާމީން އަބްދުލްޤައްޔޫމް މިހާރުން މިހާރަށް ހައްޔަރު ކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
“އަޅުގަނޑު އަލުން އަނބުރާ ދަންނަވައިލާން ބޭލުން އަޅުގަނޑު ސަކަރާތެއް ނުޖަހަމޭ. މުޅި މުދާ ގުރުބާން ކޮށްފައޭ މި ސަރުކާރު ގެނައީ. މިއަދު ސަރުކާރު ވެއްޓޭ ތަން ފެނެއޭ. ހަމަ މިހާރުން މިހާރަށް ރައީސް ޔާމިން ގޮޅިއަށް ލާށޭ. ރަމަޟާން މަސް އައުމުގެ ކުރީގައި ޝައިތާނުން ގޮޅިއަށް ލާން ޖެހޭނެ ވާހަކަ މީ އަޅުގަނޑު އަލަށް ދެއްކި ވާހަކައެއް ނޫން” ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ މިހާރުގެ ސަރުކާރު ވެއްޓިގެން ނުވާނެ ކަމަށާއި ދިވެހިރާއްޖެ ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށާއި ރާއްޖެ ޝައިތޯނުންގެ އަތް މައްޗަށް ދޫކުރަން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
“ސަރުކާރު ވެއްޓިގެން ނުވާނެ. އަލުން އަޅުގަނޑު ބޭނުންވޭ ތިޔަ ހަތަރު ބޭފުޅުން ބީޗުގައި އަޅުގަނޑާ ބައްދަލުކުރަން. އަޅުގަނޑު ޝެއާ ކުރާނަން. މިއަދު މި ދަންނަވަނީ ރަމަޟާން މަސް އައުމުގެ ކުރީގައި ހިނައިގަތުމަކީ އޮންނަން ޖެހޭ ކަމަކަށް ވާތީކީ ނޫނޭ” ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އުންމީދު ކުރަނީ ހަމަޖެހޭ ގޮތެއްގެ މައްޗަށް ދިވެހިރާއްޖެ ބިނާވެގެން ދިޔުން ކަމަށާއި ކުންފުނި އުސޫލުން އުފައްދައިގެން އުޅޭ ރާއްޖޭގެ ޑިމޮކްރަސީގައި ބިނާކުރި ރިވެތި އަޚްލާގު ގެއްލިހިނގައިދާ ގޮތަށް ކަންތައްތައް ވެގެން ނުވާނެ ކަމަށެވެ.
“އަޅުގަނޑު އުންމީދު ކުރަނީ ހަމަޖެހޭ ގޮތެއްގެ މައްޗަށް އަޅަން ޖެހޭ އެންމެ ފުރަތަމަ ފިޔަވަޅަކީ މި ދެންނެވި ހަތަރު ކޯލިޝަން ޕާޓްނަރުންނަށް 30% އޮންނަ ގޮތައް އަދި ރާއްޖޭގެ ރާއްޖޭގެ ރައްޔިތުންނަށް 70% އޮންނަ ގޮތަށް އިށީނދެ ވާހަކަ ދައްކާށޭ. ކުންފުނި އުސޫލުން އުފައްދައިގެން އުޅޭ ރާއްޖޭގެ ޑިމޮކްރަސީގައި ބިނާކުރި ރިވެހި އަހުލާގު ގެއްލިހިނގައިދާ ގޮތަށް ކަންތައްތައް ވެގެން ނުވާނެ“ ޖާބިރު ވިދާޅުވިއެވެ.
މިއަނދު ޖާ ބުއީކޮންފުޅިއަކުންބާ….ހަމަހުރިގޮތަށްހުރި ވަހުތާނެއް