ޔާމީން، ފަނޑިޔާރަކަށް އިންޒާރު ދެއްވި މައްސަލައެއް ފުލުހަށް
އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން ފުލުހަކަށް އިންޒާރު ދެއްވިކަމަށް ބުނާ މައްސަލައެއް، ޖޭ.އެސް.ސީން ފުލުހަށް ހުށައަޅައިފިއެވެ.
ޔާމީން އިންޒާރުދެއްވިކަމަށް ޖޭ.އެސް.ސީން ވިދާާޅުވެފައި ވަނީ، އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި އިލެކްޝަންގައި ޕީ.ޕީ.އެމްއިން ކުރިމަތިލެއްވި ފާތިމަތު ނާޒިމާގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދު "ޖަމްޕު ޖެހީ" ގާބިލުކަމާއި ތަޖުރިބާއަށް ބަލައިފައި ނޫން ކަމަށާއި އެއީ އެ މަނިކުފާނުގެ މައްޗަށް ހުކުމް ކުރަން ކެރިވަޑައިގަތުމުން ލިބިވަޑައިގަތް މަގާމެއް ކަމަށެވެ.
މި މައްސަލަ ފުލުހަށް ހުށައަޅައިފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެގޮތުން ހުށައަޅައިފައި ވަނީ ފަނޑިޔާރު އަލީ ރަޝީދުގެ ސެކިއުރިޓީއަށް ސަމާލުވުމަށާއި އެކަމުގައި ޖިނާއީ މައްސަލައެއް ހިމެނޭ ނަމަ ތަހުޤީޤު ކުރުމަށެވެ.
މީގެ އިތުރުން، އެ ދުވަހު ރައީސް ޔާމީން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލަށް ވެސް އިންޒާރު ދެއްވައިފައެވެ. އެގޮތުން ހާލަތު ބަދަލުވެއްޖެ ނަމަ 'ޖަލަށް ދާން ޖެހިދާނެ' ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރަޢީސް ޔާމީން ދެކެ ހާދަ ބިރެއް ގަނޭދޯ