ޚަބަރު

ވެރިކަމުގައި ތިބީ ދީން ޤަބޫލުކުރާ ބައެއް ނޫން: އަދުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު ވެރިކަމުގައި ތިބި ފަރާތްތަކަކީ ދީން ޤަބޫލުކުރާ ބައެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމްއަށް ބަޔަކު ސޮއި ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، މި ސަރުކާރުގައި ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރުން މާ ބޮޑު ކަމަކަށް ނުހަދާ ކަމަށެވެ. އަދި. މި ސަރުކާރުން ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުން ދެނީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރުކަން ކަމަށާއި އަދި އިސްލާމްދީނަށް ގޮންޖެހުމުން ދެނީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ކަމަށެވެ.

"މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ހަޖޫޖަހާ މީހުންނަށް ދައުލަތުގެ މަތީމަގާމުތައް ދޭން ފަށައިފި" އަދުރޭ ވިދާޅުވިއެވެ.

"މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި ރޯ ބަރަހަނާ ހާލުގައި މަގުމަތީގައި މީހަކު ހިނގައިފިއްޔާ އެއީ ސިކުނޑި ހަމަ ނުޖެހޭމީހެއް. މިސްކިތްތަކަށް ވަދެ ގަޟާހާޖާ ކުރީމާ އެއީ ނަފްސާނީ ބަލި ހުންނަ މީހެއް. އަންހެން ވެރިންގެ އިއްފަތްތެރިކަން ނަގާލީމާ އެއީ މޮޔައަކަށްވެއްޖެ"

އަދުރޭ އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުގައި އޮތީ ދީން ޤަބޫލުކުރާ ބައެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާ ހިތް އޮތީ މިއަދު ދީނެއް، މަޒުހަބެއް، މިއްލަތެއް ގަބޫލުކުރާ ބަޔަކު ނޫނޭ މި ގައުމުގެ ވެރިކަމުގައި މި ތިބީއެއް." އަދުރޭ ވިދާޅުވިއެވެ.

Ads by HDC
  1. ނާޅި

    ދިވެހި ރާއްޖެ އިން ރިބާ ކެއުމާއި ރިބާގެ އެންމެހައި މުޢާމަލާތް ހުއްޓުވަން ޒުވާނުން ހޭލުންތެރިހޭލުން ތެރިވާންޖެހޭ ، ރިބާ ކެއުން ހުއްޓުވަން ޒުވާނުން އަޑުއުފުލަން ޖެހޭ ! ކޮންމެ ބަޔަކު ވެރިކަން މިކުރަނީ ރިބާ ލޯން ނަގައިގެން !