ޚަބަރު އިޖުތިމާޢީ

އަލަމްގިރިއާއެކު ޖިންސީ އަމަލު ހިންގި ފަރާތްތައް ވެސް ހައްޔަރުކުރެވެންޖެހޭ: ޒައިދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އެކަނި ހައްޔަރުކުރުމުން ނުފުދޭކަމަށާއި, އޭނާއާއެކު ޖިންސީ އަމަލު ހިންގި ފަރާތްތައް ވެސް ހައްޔަރުކުރެވެންޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު އަލަމްގިރި ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެސްޓު ހައުސްއިންނެވެ. އަލަމްގިރިގެ މައްޗަށް ދެ ތުހުމަތެއް ކޮށްފައިވެއެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތާއި އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތެވެ.

އަލަމްގިރި ހައްޔަރުކުރުމާ ގުޅިގެން ޝައިޚް ޒައިދު ވިދާޅުވީ އޭނާއާއެކު ޖިންސީ އަމަލު ހިންގި ފަރާތްތައް ވެސް ހައްޔަރުކުރެވެންޖެހޭ ކަމަށެވެ.

ޒައިދު ވިދާޅުވީ ބައެއް ނުފޫޒު ގަދަ ފަރާތްތަކާ ޖެހުމާއެކު އެ ބުނާ ގާނޫނުގެ ދިގު އަތް ކުރުވެއްޖެ ކަމަށެވެ. އަދި އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ގާނޫނު ހިނގަންޖެހޭކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

އަލަމްގިރިއާއެކު ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ޢަބްދުއްސައްތާރު އެއް ޖިންސުން ގުޅުން ހިންގާކަމަށް ބެލެވޭ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. އެ މައްސަލައިގައި އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފައްހައްޓައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!