ޚަބަރު އިޖުތިމާޢީ ސިޔާސީ

ޢަދާލަތު ޕާޓީއަކީ ސަރުކާރުގެ ލާދީނީ ކަންކަމަށް ފަސްއަޅައިދޭން އޮންނަ އުދައްޔެއް: ޝައިޚް ޢަބްދުﷲ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައްޝައިޚް ޢަބްދުﷲ އަދި މިނިސްޓަރު އިމްރާން

ޢަދާލަތު ޕާޓީއަކީ ސަރުކާރުގެ ލާދީނީ ކަންކަމަށް ފަސްއަޅައިދޭން އޮންނަ ''އުދައްޔެއް'' ގެ ގޮތުގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ސިފަ ކުރައްވައިފިއެވެ.

Ads by STELCO

ޝައިޚް ޢަބްދުﷲ މިހެން ވިދާޅުވީ ޢަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި, ޢަދާލަތު ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައިކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

އެ ގޮތުން ޝައިޚް ޢަބްދުﷲ ވިދާޅުވީ މިއަދުގެ ޢަދާލަތު ޕާޓީއަކީ އެމްޑީޕީ ކޯލިޝަން ސަރުކާރުގެ ލާދީނީ ކަންކަމާއި, ކޮރަޕްޝަނާއި އަނިޔާއާއި, ޢިލްމުވެރީންނަށް ހުރި ދުއްތުރާތަކަށް ފަސްއަޅައި ފޮނުވައިދޭން އޮންނަ އުދައްޔެއް ކަމަށެވެ. އަދި މިފަދަ ވާހަކައެއް ބުނަން ބޭނުންނުވިޔަސް ބުނަންޖެހުނީމާ ދެން ނުބުނުމުގައި އޮންނަ ފަސާދަ މާބޮޑުވެދޭ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

އިމްރާންގެ ވާހަކައާ ގުޅިގެން ‏ޝައިޚް ޢަބްދުﷲ ސައުދާން ވިދާޅުވީ އަދާލަތު ޕާޓީގެ ޒަޢާމަތުގައި ތަހުގީގީ އިދާރާއާއި, ތަންފީޒީ އިދާރާ ލިބިފައި އޮތް އިރު ވެސް މި ޤައުމުގެ އިސްލާމީ ދީނީ، އަޚްލާޤީ، އިޖްތިމާއީ، ފޭރާން ވީދި ނިމި، ހުސްވެގެން ގޮސްފައިވާ ކަމަށެވެ. އަދި 2023 ކައިރި ވުމުން ދީނީ ކާޑައިގެން ނިކުތަސް ދެން އެކަން ބަލައެއް ނުގަންނާނެކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

  1. ހަސަނު

    ޝައިޚް ޢަބްދުﷲ އެވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެއްކަމަށް ގަބޫލުކުރަން.

  2. ޖާބެ

    ބަރާބަރައް ތިޔަބުނީ

  3. ޓަކި މޫނާ

    އަދާލަތު ޕާޓީއަކީ ފައިސާއަށް ވިކިފަ އޮތް ފަސާދަވެފަ އޮތް ޕާޓީއެއް. ދީނަށް ފުރައްސާރަކުރި ޕާޓީއަކަށް އެއްޗެހި ކިޔާފަ މިހާރު އތިބީ ގޮސް އެމީހުންގެ ފޫބުޑުގަ.