ޚަބަރު ސިޔާސީ

ޝިނާންގެ މަތިވެރި ނިންމެވުމުން ފުލުހުން މިސާލު ނަގަންޖެހޭ: އިދިކޮޅު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފުލުހުންގެ ވަޒީފާއަށް ނުނިކުތުމަށް ނިންމި ސާޖެންޓް މުޙައްމަދު ޝިނާން

ފުުލުހުންގެ މުއައްސަސާ ގައުމުގެ ވެރިންނަށް އަޅުވެތިވެ, އެއްވެސް ހަމައެއް ލަމައެއްނެތި ހިނގަމުންދާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ފުލުހުންގެ ވަޒީފާއަށް ނުނިކުތުމަށް ނިންމި ސާޖެންޓް މުޙައްމަދު ޝިނާންގެ ހިތްވަރަށް ޕީޕީއެމްއިން ސާބަސްދީފިއެވެ.

Ads by STELCO

ގިނަ އަހަރުތަކެއް ވަންދެން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރި ސާޖެންޓް ޝިނާން ފުލުހުންގެ ވަޒީފާއަށް ނުނިކުތުމަށް ނިންމީ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގެ ތަޙްޤީޤުގައި ފުލުހުން ޢަމަލު ކުރަމުންދާ ގޮތާ ގުޅިގެންނެެވެ.

ޕީޕީއެމް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޝިނާންގެ ހިތްވަރަށް އެ ކޯލިޝަންގެ ފަރާތުން ސާބަހާއި ތަޢުރީފް ދަންނަވާ ކަމަށެވެ. އަދި ޝިނާންގެ ނިންމެވުމަކީ މި ސަރުކާރުގެ ނާއިންސާފާއި އަޅުވެތިކަމާއި ދެކޮޅަށް ނިންމެވި ވަރަށް މުހިއްމު ނިންމެވުމެއްކަމަށް ދެކޭކަމަށެވެ.

''ދިވެހި ޤައުމަށް ބޭނުންވަނީ ތިޔަފަދަ ހިތްވަރުގަދަ، ޤާބިލު، ޣައިރު ޤާނޫނީ ޢަމަލުތަކަށް ނޫނެކޭ ބުނަން ކެރޭ ފަހުލަވާނުންނެވެ.'' ބަޔާނުގައިވެއެވެ.

ހަމައެއާއެކު ތަންފީޒީ އިދާރާތަކުގައި ތިއްބެވި ބޭފުޅުން ޝިނާންގެ މި މަތިވެރި ނިންމެވުމުން މިސާލު ނަންގަވައި މި ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަށް ބަޔާނުގައި ވަނީ ގޮވައިލާފައެވެ.

Ads by Ooredoo
  1. ޙަސަންބެ

    ނޭގުނޭ ތިޔަވިދާޅުވި ބަހުގެ މާނައެއް! ހުރިހާ ފުލުހުންނާއި ސިފައިން ވަޒީފާ އަށް ފަރުވާ ކުޑަކޮށް، ކަނޑާލަފާނެހެން ހީވީމަ، ސިޔާސީ ވާހަކައެއް ދައްކާފަ ވަޒީފާއަށް ނުނިކުމެ ތިބެންވީތޯ؟

  2. ތަހުސީން

    ފުލުހުންގެ ވަޒީފާއިން ވަކިވެގެން އެހާވަރަށް މުސާރަ ލިބި އިނާޔެތްތައް ލިބޭނަމަ ތިގޮތައް ކެނޑޭނެ ވަރަށް ގިނަ މީހުން އެތާ ތިބޭނެ

  3. ރިޔާޒް

    ފުލުހުންގެ ވަޒީފާއިން ވަކިވީމަ ޕީ.ޕީ.އެމް ގެ ބޭބެމެން ޝިނާން އަށް ވަޒީފާއެއް ދޭންވީނު ތިހާ ހެޔޮފުޅިއްޔާ

  4. ނުވޭސް

    ވަޒީފާއަށް ނުނިކުމެ މުސާރަނަގާ ޓެކްސީ ދުއްވާ ހުރިހާފުލުހުން ވަޒީފާއިންކަންޑާލާ އަދި އެއްޖިންސުން ގުޅުންހިންގާ ފުޅުހުން ސަސްޕެންދު ކުރީމާ ދެންބުނޭ ސިޔާސީ ކަންތައް ބޮޑުވެގެން ވަޒީފާއިން ވަކިވަނިއްޔޭ ދެން ޕީ،ޕީ މީހުންއަތްޖަހާ