ޚަބަރު ސިޔާސީ

ރާއްޖޭގެ ވެރިން ތަމްރީނުކޮށްދެއްވީ ޤާސިމް: ސަޢުދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޖުމްހޫރީ ޕާޓީގެ ނައިބު އަޙްމަދު ސަޢުދު އަދި ޤާސިމް އިބްރާހިމް އެ ޕާޓީގެ ޖަލްސާއެއްގައި

ރާއްޖޭގައި މިއަދު ތިިބި ސިޔާސީ ޕާޓީތަކުގެ ވެރިން ތަމްރީނުވެގެން ނުކުތް ދޮރަކީ ޖުމްހޫރީ ޕާޓީކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަޙްމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަޢުދު އެހެން ވިދާޅުވީ ސަންގު ޓީވީގެ ''ޚަބަރަށްފަހު'' ޕްރޮގްރާމްގައި ރޭ ދެއްކެވި ވާހަކައިގައެވެ.

ރާއްޖޭގެ އިގުތިސާދު އޮތް ގޮތަށް އަލިއަޅުވައިލައްވަމުން ސަޢުދު ވިދާޅުވީ މިހާރު އޮތް ވަރަށްވުރެ އިގުތިސާދު ރަނގަޅަށް ބައްޓަންކޮށް ރައްޔިތުންނަށް މަންފާހުރި މަސައްކަތްތަކެއް ކޮށްދެއްވެވޭނެ ގާބިލު ބޭފުޅަކީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ކަމަށެވެ.

ސަޢުދު ވިދާޅުވީ މިއަދުގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ބެލިޔަސް އެ ބޭފުޅުން ތަމްރީނުކޮށްދެއްވީ ވެސް ޤާސިމް ކަމަށެވެ. އަދި ޕާޓީތަކުގެ ލީޑާޝިޕްގައްޔާއި, ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ތިއްބެވީ ވެސް ޤާސިމްގެ ޚިދުމަތުގެ ދަށުން ކިޔެވި ބޭފުޅުން ކަމަށެވެ.

އެ ގޮތުން ބަލާއިރު ރާއްޖޭގެ ވެރިއަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޤާސިމްކަމަށް ސަޢުދު ވިދާޅުވިއެވެ. އަދި ޤާނޫނާއި ގަވާއިދުތަކުގެ މަތިން އޮމާންކަމާއެކު ވެރިކަން ކުރެއްވޭނީ ޤާސިމަށްކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!